މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސްއެއް ނުވަތަ ސިޓީ ކައުންސިލްގެ ޚަރަދުގައި ފުލުހުން ބައިތިއްބަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މާލޭގެ މޭޔަރު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސްއެއް ގާއިމުކުރަން މިހާރު ފާސްކޮށް، ފުލުހުންނާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މާލޭގެ ހަ ޒޯންގައި ފުލުހުން ތިބޭނެ ކަމަށާއި، އީ މާލޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފަށާ މަސައްކަތެއްކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި އެ ފުލުހުން އަމަލުކުރާނީ ސީދާ ކައުންސިލްގެ ނިންމުންތަކަށްކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އެ ފޯސްގައި ހިމެނޭ މީހުންނަށް މުސާރަ ދޭނީ ސިޓީ ކައުންސިލުންކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާލުވީ މާލެ ބަލަހައްޓާ ފުލުހުން މާލޭގެކުނީގެ މައްސަލައާއި، ގަވައިދާ ހިލާފަށް ޕާކު ކުރުމާއި، ޕާކުތަކާއި މިސްކިތްތަކުގެ ތެރޭގައި ހިނގާ އާންމު އުނދަގޫތަކާ ގުޅިފައިވާ ކަންކަން ބަލަމުން ގެންދާނެކަމަށެވެ.
މި ޕްރެސްގައި ވާހަކަފުލު ދައްކަވަމުން މޭޔަރު ވިދާލުވީ، ކައުންސިލަށް އަމްދަނީ ހޯދޭނެ ބައެއް މަގުތައް ސަރުކާރުން ހުރަސްއަޅަމުން އަންނަކަމަށެވެ. މުއިއްޒު ވިދާޅުވީ، އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައި އެކަން ކަމަށް މަގުފަހި ކޮށްދިނުމަށް ވަރަށް ގިނައިން ސަރުކާރުގައި އެދިފައިވާނެކަމަށާއި، ނަމަވެސް އޭނާއަކީ ސިޔާސީ ގޮތުން ސަރުކާރައި އިދިކޮޅު ބޭފުލެއްކަމުން ހުރަސްއަޅަމުންދާކަމަށެވެ.
މީގެ އިތުރުންވެސް މާލޭގެ ހުރި މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން ގެންގުޅޭ ވިސްނުމާއި މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ތަފްސީލްވެސް މޭޔަރު ވަނީ މި ޕްރެސްގައި ދެއްވާފައެވެ.
One Response
Idikolas raeeskamugaa hunnavahyaa jeheenenugottah hoodadean masatkat kuran