މި ސީޒަނުގެ ލީގުގައި ޖެހިޖެހިގެން 2 މެޗުން ފުރަތަމަ ފަހަރަށް ބާސެލޯނާ މޮޅުވެއްޖެ

މި ސީޒަނުގެ ލީގުގައި ޖެހިޖެހިގެން 2 މެޗުން ފުރަތަމަ ފަހަރަށް ބާސެލޯނާ މޮޅުވެއްޖެ

ގުޅުންހުރި

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ޖެހިޖެހިގެން 2 މެޗުން ފުރަތަމަ ފަހަރަށް ބާސެލޯނާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ވިޔަރެއާލް އާއި ވާދަކޮށް ބާސެލޯނާއިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ލީގުގައި އަވޭ މެޗަކުން ބާސެލޯނާ މޮޅުވި ފުރަތަމަ މެޗުވެސް މެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާ އިންނެވެ. މި ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ފްރެންކީ ޑި ޔޯންއެވެ. މި ލަނޑު ޖެހުމުން ލައިންސްމަން އޮފްސައިޑް ކަމަށް ދިދަ ނެގި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މި ލަނޑު ބަލައިގަތުމަށެވެ.

ބާސެލޯނާއިން ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ވިޔަރެއާލުން ވަނީ 76 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ސެމިއުލް ޗުކުވޭޒީއެވެ. ނަމަވެސް މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް ބާސެލޯނާއިން ވަނީ ދެވަނަ ލަނޑު ޖަހާ އަލުން ލީޑު ނަގާފައެވެ. މި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ، މެމްފިސް ޑިޕާއިއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުން ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ބާސެލޯނާ ކުޅުނު 14 މެޗުން ހޯދި 23 ޕޮއިންޓާ އެކު އެޓީމު އޮތީ 9 ވަނައިގައެވެ. ވިޔަރެއާލް އޮތީ 12 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 13 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ