ކޮތަރު ކޮށްޓެއް ގޮތުގައި ސިފަ ކުރާ ފުލެޓުތަކަކީ ގިނަ އާއިލާތަކަށް އުއްމީދެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައިމިވަނީ ހިޔާ ފްލެޓްތަކަކީ އިންސާނުން އުޅެން ހެޔޮވާވަރުތަކެއް ނޫންކަމަށާއި، އެތަން ތަޅާލަން ބޭނުންވާކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް މަޖިލީހުގައި ވިދާޅުވެފައިވަނިކޮށެވެ.
ދުންޔާ ވިދާޅުވީ ކޮތަރު ކޮށްޓެ ގޮތުގައި ސިފަ ކުރާ ފުލެޓު ތަކަށް އެކަމަނާ ވަޑައިގަންނަވާކަމަށެވެ. އަދި އެއީ ގިނަ އާއިލާތަކަކަށް އައު އުއްމީދެއްކަމަށް ދުންޔާ ވިދާޅުވިއެވެ.
ކޮތަރު ކޮށްޓެ ގޮތުގައި ސިފަ ކުރާ ފުލެޓު ތަކަށް އަޅުގަނޑު އެބަ ދަން. ގިނަ އާއިލާތަކަކަށް މިއީ އައު އުއްމީދެއް!
— Dunya Maumoon (@dunyamaumoon) November 23, 2021
ދުންޔާ މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަންކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫޢުއެއްކަމަށެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، އެތަނަކީ ކޮތަރުކޮއްޓެއްހާ ކުޑަ ތަންކޮޅެއްކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ހެއްދެވި ނުހެއްދެވިއަށް ބައެއް ފަރާތްތަކުން ގޮވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއާއެކު އެ ކޮތަރުކޮށިތައްވެސް މީހުން ދިރިއުޅެން ދޭން ގޮވާުމުން އެތަން މިހާރު އެހުރީ ދޫކޮށްފައިކަމަށާއި، އެއާއެކު އެތައް މައްސަލައެއް އެތަނުން ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މަސްތުވާ ތަކެތީގެ މައްސަލަތަކާއި އެނޫންވެސް މައްސަލަތައް އުފެދިފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ،ދެން އިތުރަށް ކުރެވޭނެކަމެއްނެތްކަމަށާއި، ދެން އޮތީ އެތަން ބެލެހެއްޓުންކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ފިޔަވޅު އެޅުންކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ މި ވާހަކަތާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ