ވަޓްފޯޑް އަތުން ބަލިވެ ޔުނައިޓެޑް ހާސްކަމުގެ ތެރެއަށް!

ވަޓްފޯޑް އަތުން ބަލިވެ ޔުނައިޓެޑް ހާސްކަމުގެ ތެރެއަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ވަޓްފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓަރ ސިޓީ އަތުންވެސް ވަނީ ބަލިވެފައެވެ. އަދި އޭގެ ކުރިން ލިވަޕޫލް އަތުންވެސްލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިވިއެވެ. ލީގުގައި ފަހަކަށް އައިސް ޔުނައިޓެޑްގެ ފަރާަތުން ފެންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗު ސޯލްޝެއާމަގާމުން ދުރުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ވަޓްފޯޑް އަތުން ވި ބައްޔާއެކު ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރުމުގެ ފުރުޞަތު ބޮޑެއެވެ. އަދި މިރޭ ޔުނައިޓެޑްގެ ބޯޑުގެއެމަޖެންސީ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ މެޗު ފަށައިގެން ވެޓްފޯޑުން ވަނީ މޮޅަށް ކުޅޭ ޔުނައިޓެޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގަން ފުރުޞަތުލިބުނީ ވަޓްފޯޑަށެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ، އިސްމާއިލް ސާ ފޮނުވާލުމުން ޑެހެއާ ވަނީ ދިފާއުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފުނިމުމުގެ ކުރިން ވަޓްފޯޑުން ވަނީ ދެ ލަނޑު ޖަހާ ހަމަޖެހިލާފައެވެ. އެގޮތުން ފުރަތަމަ ލަނޑު ޖޯޝުއާ ކިންގް ކާމިޔާބުކޮށްދިންއިރު، ދެ ވަނަ ލަނޑުކާމިޔާބުކޮށްދިނީ ސާ އެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 50 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއ ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީދެވަނަ ހާފުގައި ކުޅެން އެރި ޑޮނީ ވެން ޑަ ބީކްއެވެ. މި ލަނޑަށްފަހު ޔުނައިޓެޑަށް އުނދަގޫތަކާއި ކުރިމަތިވީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ޔުނައިޓެޑްގެކެޕްޓަން މެގުއާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ފަހުބައި ފުރިހަމަކުރަން ޖެހުނު ޔުނައިޓެޑް ކޮޅަށް ވަޓްފޯޑުން ޖެހި 3 ވަނަ ލަނޑާއި 4 ވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގައެވެ. މި 2 ލަނޑު ވަޓްފޯޑަށް ކާމިޔާބުކޮށްދިނީ،  ޔާއޯ ޕެޑްރޯ އާއި އިމަނުއެލް ޑެނިސްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ޔުނައިޓެޑް އަތުން މޮޅުވި ވޮޓްފޯޑް އޮތީ ކުޅުނު 12 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *