އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ ޓްރައިލެޓަރެލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ" މިއަދު ފެށުމަށް ނިންމައިފިއެވެ.
އެކްސަސައިޒް ދޯސްތީއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެކްސަސައިޒް ދޯސްތީ-15 ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 24 ގެ ނިޔަލަށްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
Indian Coast Guard – ICGS Vajra, ICGS Apoorva and, Sri Lanka Coast Guard – SLCGS Suraksha arrived at Maldives for Trilateral Exercise Dosti, conducted from 20-24 November 2021. This marks 30 years since initiation of exercise Dosti and the 15th serial of the biennial exercise pic.twitter.com/CDNcjwAb8P
— Maldives National Defence Force (@MNDF_Official) November 20, 2021
އެކްސަސައިޒުގައި ބައިވެރި ވުމަށް އިންޑިއާ ކޯސްޓުގާޑް-އައިސީޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން އެސްއެލްސީޖީއެސް-ސުރަކްޝާ މިހާރު ވަނީ ރާއްޖެއައިސްފައެވެ.
1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެ އެކްސްސައިޒަށް މިއަހަރު 30 އަހަރު ފުރޭނެއެވެ. މި އެކްސަސައިޒްގައި ލަންކާއިން ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2018ގައެވެ.
ކޮމެންޓު ފޮނުވާ