އައްނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުން ފެންނަނީ، ބޮޑެތި ކަންބޮޑުވުން ކަމަށާއި، އަތޮޅު ތެރޭގެ ރަށްތަކުން ފެނިގެން ދަނީ ތަރައްޤީގެ ނަމުގައި ޖަހާފައިނާ ނަންބޮޑުތަކެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ބަހުސްގައި ނާޒިމް ވަނީ ބަޖެޓުގައިހުރި އަދަދުތަކާއި، ބަޖެޓުގައި ހުރި މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަ ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބަޖެޓުން ފެނިގެންދަނީ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ. ރަށްރަށުގައި ތަރައްޤީގެ ކަންކަން ހިންގުމަށް ނިމިދިޔަ ތިން އަހަރުގެ ބަޖެޓުގައި ބޮޑެތި އަދަދުތައް ޖަހައިގެން ކުރެވުނު ކަމެއް ނުފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެޕާޓީން ފާއިތުވެދިޔަ ދުވަސްތަކުގައި ރަށްތަކަށް، ކުރެއްވި ދަތުރުތަކުގެ ތަފްސީލްތައްވެސް ހާމަކޮށްފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީއަށް ކުރި ދަތުރުގައި، އެރަށުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންހުރިކަން ފާހަގަ ކުރެއްވިއެވެ. ކުޅުދުއްފުށި ސިޓީގެ ނަން ދިނަސް އައި އެއްވެސް ބަދަލެއް ނުފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ރައްޔިތުންނަށް މަސްކިރޭނެ ގޮތެއް ނެތުމާއި، ޞިއްޚީ ޚިދުމަތުގެ މައްސަލަތަކާއި، ޓާޝަރީ ހޮސްޕިޓަލުގެ ނަމުގައި ހުރި ހޮސްޕިޓަލަށް އައި އެއްވެސް ބަދަލެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.
ދިއްދޫގެ ހާލަތާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ ބަޖެޓުގައި ގިނަ ކަންތައްތަކެއް ހުރިނަމަވެސް ތަރައްޤީގެ ކަންކަން ކުރިއަށް ނުދާކަމަށެވެ. ދިއްދޫ މަގުތަކުގެ ހާލަތު އެހާބޮޑަށް ދަށްވެފައިވާއިރު، ތަރައްޤީގެ ނަމުގައި ބަޖެޓުގައި ހުރި އެއްވެސް ކަމެއް ނުދާކަމަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
އައްޑޫސިޓީއަށް ކުރި ދަތުރާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ އައްޑޫ އަކީ ސިޓީތަކުގެ ދަރަޖަ ދީފައިވާ ތަންތަނުގެ ތެރެއިން އެންމެ ހާލަތު ދަށް ރަށްތައް ކަމަށެވެ. އައްޑޫ ސިޓީން ފެނިގެންދަނީ ތަރައްޤީގެ ނަމުގައި ޖަހާފައިވާ ކަޑަތަކެއްކަމަށް ނާޒިމް ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ބޮޑެތި މައްސަލައެއް ކަމަށާއި، އައްޑޫ ސިޓީގެ ކަރަންޓު ވިއުގައަށް ދާއިމީ ހައްލެއް ހޯދުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.
މަގުތައް ހަލާކުވެ ވެހިކަލްތަކަށާއި، އާންމުންނަށްވެސް ބޮޑެތި ގެއްލުން ވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ހޮސްޕިޓަލަކީ ބޮޑު ހޮސްޕިޓަލަކަށް ވިޔަސް އިންސާނީ ވަސީލަތެއް އެތަނުގައި ނެތްކަމަށާއި، އައްޑޫ ސިޓީގެ މަގުގެ ހާލަތަކީވެސް ކަންބޮޑުވާ ހާލަތުގައި އޮތް ތަނެއްކަމަށެވެ.
އައްޑޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ހާލަތުވެސް ވަރަށްދަށްކަމަށް ނާޒިމް ވިދާޅުވިއެވެ. އެންމެ އަސާސީ މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލައަށް ހައްލެއް ނުވެ، މުޅި ރަށް އޮތޯ ނަޖިހުން ފުރިފައިކަމަށް ނާޒިމް ވިދާޅުވިއެވެ. މިއާއިއެކު ހަނިމާދޫގެ ހާލަތުވެސް އޮތީ ވަރަށް ދަށުގައިކަމަށް ނާޒިމް ވިދާޅުވިއެވެ. މަގު ހެދުމުގެ މަޝްރޫޢު އޮތީ ފެށިފައި އޮތް ނަމަވެސް ތަންފީޒު ކުރެވޭ ގޮތެއްނުވާކަމަށެވެ. މަޝްރޫޢެއް ހަވާލު ކުރިޔަސް ތަންފީޒު ކުރެވޭތަން ނުބަލާނަމަ ކުރެވޭނެ ކަމެއްނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ގެންނަޖެހޭ ތަރައްޤީ ނެގެނެވި ހުސްވާހަކަތަކެއް ދެއްކިޔަސް ތަރައްޤީއަކަށް ނުވާނެކަމަށެވެ. ނާޒިމް ވަނީ ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތައް އަވަސްކޮށް ރައްޔިތުންގެ އަސާސީސީ ޚިދުމަތްތައް އަވަސް ކުރުމަށް ސަރުކަރަށް ގޮވާލާފައެވެ.
ނާޒިމް ވަނީ އޭނާ ނިސްބަތްވާ ދާއިރާގައިވެސް ނިމިދިޔަ ތިން އަހަރުގައި ބަޖެޓް ކުރެވުނު އެއްވެސް ކަމެއް ނުވެ އޮތްކަން ކަންބޮޑުކަމާއިއެކު ފާހަގަކޮށްފައެވެ. ބަޖެޓުގައި ޖަހާ ކަންކަމަކީ ތަންފީޒުވާން ޖެހޭކަމަކަށްވާއިރު ތަރައްޤީގެ ނަމުގައި ނަން ބޯޑުތަކެއް ހަރުކޮށްގެން ގެނެވޭނެ ތަރައްޤީއެއް ނެތްކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ބަޖެޓުގެ ކޮމެޓީ މަރުހަލާގައި ބަޖެޓާއިމެދު އޮތް ކަންބޮޑުވުމަށް ހައްލު ގެނައުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ