މަންދު ކޮލެޖު ހިންގާ ކުންފުނިކަމަށްވާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާއަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ސިވިލް ކޯޓަށް ޙާޒިރުވުމަށް އަންގައިފިއެވެ.
މިނިސްޓަރ އައިޝަތު ޢަލީ ކޯޓަށް ޙާޒިރުވުމަށް އަންގާ ޗިޓު މިހާރު ވަނީ ފޮނުވާފައެވެ. އޭގައިވާގޮތުން މިނިސްޓަރ އައިޝަތު ޢަލީ ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 09:50އަށެވެ. މިނިސްޓަރ ކޯޓަށް ޙާޒިރުވުމަށް އަންގާ ފޮނުވަފައިޗާ ޗިޓުގައިވާގޮތުގައި ކޯޓަށް ޙާޒިރުކުރަނީ މިނިސްޓަރ އާއިޝަތު ޢަލީގެ މައްޗަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށައަޅާފައިވާ އިޙްމާލު ވެފައިވާކަން ސާބިތުކުރުމުގެ މައްސަލައިގެ ދައުވާ ފޯމާއި ލިޔެކިޔުން ހަވާލުކުރުމަށެވެ.
މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީއަށް ދައުވާ ކުރީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެންގި މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އެ ފައިސާ ދިން މައްސަލަގައެވެ.
Iburaa edhunugothah 600M rufiyaa dheyn @aisthly ebbas nuveema biru dhakkan court ah gendhani. Dhaulathuge kamegga seedhaa muvazzafah dhauvaa kureveythoa @MohamedNasheed @Imthiyazfahmy? Court amuruves mi hunnani geyge mai dhoruga emmenah dhakkan harukoffaa. pic.twitter.com/fnmy0F6HGR
— Aisha (@AishathHakeem) November 14, 2021
މަންދު ކޮލެޖް ހިންގުމަށް ކުރީގެ އެމްއީއެސް އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް އެ ތަން އަތުލާފައެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަމުން ނާންނަކަމަށް ބުނެއެވެ. އެއްބަސްވުން ބާތިލުކުރުމުން މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ސިވިލްކޯޓަށް ހުށައެޅިއެވެ. އެކޯޓުން ނިންމާފައިވަނީ ދައުލަތުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށެވެ. ދަށުކޯޓްގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.
ދެ ކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާކުރެވޭނެކަމަށް ނިންމުމަށްފަހުއެވެ. އެއްބަސްވުމާއި ހިލާފަށް ތަން އަތުލުމުން އިތުރު ތަނެއް ހޯދާ ކުރަންޖެހުނު ހަރަދުގެ ގޮތުގައި މާލޭހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި 18,012,500ރ. (އަށާރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ހޯދަން ދައުވާކޮށްފައެވެ. އެ މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ސިވިލްކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ނިންމި ނިންމުގައިވަނީ މަންދު ކޮލެޖް، އެ ޢިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން، ވަގުތުން ވަގުތަށް ކޮލެޖްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ތަނެއް ހޯދާ، ތަން ހިންގުމުގެ އާލާތް ހޯދައި، ކުލިދައްކައި ހެދުމަށް މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ސީދާ ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 15,012,500ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ދެއްކުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެފައިވާކަމަށެވެ.
މިއާއެކު ދެފަރާތުގެ ދެމެދުގައި އެއްބަސްވި ގޮތުގެ މަތިން މާލޭހައި ޕްރައިވެޓް ލިމިޓެޑަށް -/15,012,500ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ދައުލަތުން އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞް ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ