އަތޮޅު ތެރޭގެ ކޯވިޑް ހާލަތު ގޯސް، މިއަދުވެސް 7 ރަށް ބަންދުކޮށްފި

އަތޮޅު ތެރޭގެ ކޯވިޑް ހާލަތު ގޯސް، މިއަދުވެސް 7 ރަށް ބަންދުކޮށްފި

ކޯވިޑުގެ ކޭސްތައް ފެނިގެން އަތޮޅުތަކުގެ ގިނަ ރަށްތަކެއް މިއަދު މޮނީޓަރިންގއަށް ލައިފިއެވެ. އެގޮތުން އެކި އަތޮޅުތަކުން 7 ރަށެއް އެޗްޕީއޭއިންވަނީ މިއަދު މޮނީޓަރިންއަށް ލާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެންނަ ގޮތާއި މިންވަރަށް ބެލުމަށްފަހު އެޗްޕީއޭއިން އަންނަނީ ރަށްރަށަށް އަރާ ފޭބުން މަނާކުރަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު އެޗްޕީއޭއިންވަނީ 7 ރަށެއް މޮނީޓަރިންއަށް ލާފައެވެ. މީގެތެރޭގައި ހިމެނެނީ ރ.އަލިފުއްޓާއި، ދ.މާއެނބޫދުއާއި، ފ.ބިލެއްދުއާއި، ގއ.މާމެންދުއާއި، ގދ.ފަރެސްމާތޮޑާއާއި ނ.ކުޑަފަރިއާއި ވެލިދޫވެސްވަނީ މޮނީޓަރިންއަށް ލާފައެވެ. އަލަށް މޮނީޓަރިންގެ ޙާލަތަކަށް ގެނައި ރަށްތަކާއެކު މިވަގުތު ރާއްޖޭގައި އެޗްޕީއޭއިން އަރާފޭބުން މަނާކޮށްފައިވާ 31 ރަށެއް އެބައޮތެވެ.

މިމަހުގެ މެދާހިސާބަށް ދިޔައިރު މިވަގުތު މޮނީޓަރިންގައި ހުރި ދެބައިކުޅަ އެއްބައި ރަށްތަކަކީ މިމަހު މޮނީޓަރިންއަށް ލީރަށްރަށެވެ. މިވަގުތު އެންމެ ގިނަ ރަށްތަށް މޮނީޓަރިންގައި އޮތީ އައްޑޫ ސިޓީއާއި ނ.އަތޮޅުގައެވެ.

ކޯވިޑްގެ ސަބަބުން އަތޮޅުތަކުގެ ރަށްތައް މޮނީޓަރިންއަށްލުމުގެ ސަބަބުން ޢާއްމުނަށް އެތައް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ. އާބާދީގެ %90 ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެރަށަކަށް ދިޔުމަށް ޕީސީއާރް ހަދާކަށް ނުޖެހެއެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. މިޙާލަތުގައި ޕޮޒިޓިވް ކޭސްތައް ފެނުމުން ރަށްރަށް މޮނީޓަރިންއަށް ލާ އުސޫލާ މެދު ގިނަބައެއްގެ ޝަކުވާއެބަހުއްޓެވެ. އެހެންނަމަވެސް ކޭސްތައް ގިނަވިޔަނުދީ ހިފެހެއްޓުމަކީ ރަށްރަށުގައިވެސް ބަލީގައި ބޮޑުވަރުވާ އިންސައްތަ މަދުކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަން އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ހިފެހެއްޓިފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުން އެޗްޕީއޭއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބަށްބަލާއިރު މާލެއިން 11 މިހަކު ޕޮޒިޓިވްވެފައިވެއެވެ. އަތޮޅުތަކުގެ ރަށްތަކުންވަނީ 141 މީހަކު ޕޮޒިޓިވްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *