އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި

އެމްއެންޑީއެފްގެ "ކަލާސީނު ކޮށި" ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2021 09:36
0

ހުޅުމާލޭގައި ޤާއިމުކުރި އެމްއެންޑީއެފްގެ "ކަލާސީން ކޮށި" މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މިއަދު ހުޅުވައި ދެއްވައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް ގައި ހިމެނޭ އިމާރާތްތަކުގެ ޑިޒައިނިން އިން ފެށިގެން އިންޓީރިއާގެ ހުރިހާ މަސައްކަތްތަކަކީ ވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކަލާސީން ކޮށީގައި ހިމެނޭ ގިނަ ޢިމާރާތްތަކަކީ، ކޯވިޑް-19ގެ ޕެންޑެމިކް ތެރޭގައި، މި ސަރވިސްތަކާ ގުޅުންހުރި ޔުނިޓްތަކުގެ ސިފައިން، ރައްޔިތުންނަށް ބޭނުންވި ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއްކަމަށެވެ. މި ޢިމާރާތްތަކުގެ ޑިޒައިނިންގއިން ފެށިގެން އިންޓީރިޔާގެ ހުރިހާ މަސައްކަތް ތަކަކީވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެކެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން (އީއެމްއީ) އިން ފޯރުކޮށްދޭ މުހިންމު ހިދުމަތެއް ކަމުގައިވާ ސްމޯލް ބޯޓްސްގެ ހުރިހާ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށުން ކުރެވޭގޮތަށް އެ ސެންޓަރުގައި ވަނީ ހަމަޖައްސައިފަ އެވެ. އޭގެތެރޭގައި ސްމޯލް ބޯޓްސްގެ އިންޖިނިއަރިންގެ މަސައްކަތްތަކާއި ހަލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާ އަދި ކޮމިއުނިކޭޝަންއާ ނެވިގޭޝަންގެ ހުރިހާ ހިދުމަތެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޤައުމީ ދިފާއީ ބާރުގެ މޭންޕަވަރ، ރިސޯސަސް ސިސްޓަމްސް އަދި އޮޕަރޭޝަނަލް ސެންޓަރސް ޤާއިމްކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ޤައުމީ ދިފާއީ ބާރަކީ ވަރުގަދަ، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ މިއަދު ގެ ލީޑަރޝިޕްގެ އެންމެ ބޮޑު އެއްއަމާޒެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.