ޖުވާ އާއި، ކްރިޕްޓޯ ކަރަންސީ، އޮންލައިން ޓްރޭޑިންގައި ބީއެމްއެލް ކާޑުބޭނުން ނުކުރެވޭގޮތް ހަދައިފި

ޖުވާ އާއި، ކްރިޕްޓޯ ކަރަންސީ، އޮންލައިން ޓްރޭޑިންގައި ބީއެމްއެލް ކާޑުބޭނުން ނުކުރެވޭގޮތް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 09:27
0

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓްތަކުގައި ބީއެމްއެލް ކާޑު ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލް އިން މިރޭ ނެރެފައިވާ ދެންނެވުމެއްގައި ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. މި ފިޔަވަޅަކީ ގާނޫނާއި ގަވާއިދާ ހިލާފަށް މާލީ މުއާމަލާތްތަކުގައި ބޭންކުގެ ކާޑުތައް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތަކާއި އޮންލައިން ޓްރޭޑިން ވެބްސައުޓްތަކުގައި ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރުން، މިދިޔަ މަސްތަކުގައި އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑު ބޭނުން ނުކުރެވޭ ގޮތް ހެދި ވެބްސައިތްތަކުގެ ތެރޭގައި ހިމެނެނީ:

– Binance buy crypto

– Exness.com

– CFC.lO

– Iqoption.com

– Pppoker.net

ބީއެމްއެލް އިން ބުނީ ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުން އަންނަ ކަމަށެވެ.

މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.