އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހިންގަމުން އަންނަ ގެސްޓް ހައުސްއަކީވެސް ވިއްކާލަބްވެފައި ހުރިތަނެއްކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ ބޯހިޔާ ވަހިކަމަށް ތަރައްޤީ ކުރި "ހިޔާ" ފްލެޓުގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ތަށި މުށި ގަތުމަށް ރައީސް ޔާމީންގެ ގެކޮޅު ވިއްކާލުމަށް ގޮވާލައްވާފައެވެ.
އެކަމަށް ރައްދުދެއްވައި މުސްޠަފާ ވިދާޅުވީ، ރޮޒައިނާ މާލެ އަތޮޅުގެ ރަށެއްގައި އަޅަފައިވާ 30 ކޮޓަރީގެ ގެސްޓް ހައުސ އަކީވެސް ވިއްކާލަން ޖެހޭތަނެއްކަމަށެވެ.
Rozeyna male’ atholu Rashehga alhaafa huri 30 room ge Guest house ves eii vihkaalan jehey thaneh..! https://t.co/oRo9z1TE5d
— Mohamed Musthafa (@Thimarafushi) November 9, 2021
ރައީސް ޔާމީންގެ ގެކޮޅު ވިއްކާލަން ރޮޒައިނާ ގޮވާލުމާއެކު ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ރޮޒައިނާއަށް ފާޑުވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިމި ދިޔައީ ކުރީގެ ސަރުކާރުން އެ މަޝްރޫއު ރާވާފައި އޮތް ގޮތުން ކަމަށެވެ. އެ މަޝްރޫއުގައި ވެސް ޚިޔާނާތްތެރިވުމާއި ކަންކަން އޮޅުވާލުމުގެ ކަންކަން އޮތް ކަމަށް ރޮޒެއިނާ ތުހުމަތު ކުރެއްވިއެވެ. ރޮޒެއިނާ ވިދާޅުވީ އެ މަޝްރޫއަށް ހޭދަކުރި ފައިސާއަކީ އޭގެ ތިން ތަން ފިނިޝިންއާއެކު ވެސް ނިންމޭނެ ވަރަށް، އެންމެ ތަނެއް ފިނިޝިން ވެސް ނުލާ ނިންމާފައި އޮތް ކަމެއް ކަމަށެވެ.
ރޮޒޭނާ މިފަދައިން ވިދާޅުވީ ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށް ފްލެޓްގެ ފިނިޝިން މަސައްކަތާއި، ކުރިން ކަނޑައެޅި ކުލި ކަނޑައެޅުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ގޮވާލުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ