އިދާރާތަކުގެ އިހުމާލު އެންމެ މީހެއްގެ އަމަލުތަކުން، މިމީހާ ހުއްޓުވޭނެ ގޮތެއްނެތީތަ؟

އިދާރާތަކުގެ އިހުމާލު އެންމެ މީހެއްގެ އަމަލުތަކުން، މިމީހާ ހުއްޓުވޭނެ ގޮތެއްނެތީތަ؟

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2021 08:28
0

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގައި ޤާއިމްކޮށްފައިވާ މިސްކިތްތަކާއި، ކީރިތި ޤުރުއާނަށް ލޯތްބާއިއެކު އިޚުތިރާމު ކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ވާޖިބު ވެގެންވާ ކަމެކެވެ.

ނަމަވެސް މިފަހުން ރާއްޖޭގެ ވެރިކަންކުރާ ރަށް ފުރަ މާލޭގައި ބޮޑު ފިރިހެނަކު މިކިތްތަކަށާއި، ދައުލަތުގެ އިދާރަތަކަށް ކުޑަމަގޮތް ހަދަމުން ދިޔައިރުވެސް އޭނާ ހުއްޓުވޭނެ ގޮތެއް ވަނީ ނުވެފައެވެ. އޭނާގެ އަމަލުތައް އެންމެ ފުރަތަމަ ފެށުނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދަށް ތިއްބައި ގޮތް އިމާމު ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިއުމެވެ. އަދި ހަމަ އެދުވަހު ރައީސް އޮފީސް ފޮރުމައްޗަށްވެސް އޭނާ ވަނީ ކުޑަކަމު ގޮސްފައެވެ.

އަދި އިއްޔެ އޭނާ ވަނީ މާތްﷲގެ ކަލާންފުޅަށް ކުޅު ޖަހާފައެވެ. އެކަން ކޮށްފައިވަނީވެސް މިސްކިތަށްވަދެ މިސްކިތްތެރޭގައެވެ. މިމީހާއަކީ ކޮންމެ ހާލަތެއްގައި، ކޮންމެ ފަދަ ޚާއްސަ ހަލަތަކަށް ބޭނުންވާ މީހެއް ނަމަވެސް މިވަރުގެ މީހަކު މުޖުތަމަށް ދޫކޮށްފައި ބެހެއްޓުމަކީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތުގެ އިހުމާލުވުން ވަރަށް ރަނގަޅަށް ފެނިގެންދާ ކަމެކެވެ.

މިމީހާގެ ކަންކަން ހައްދު ފަހަނަ އަޅައިގޮސް، ހިތުހުރި ގޮތަކަށް އުޅެމުންދާއިރުވެސް އޭނާއާއިމެދު އެޅުނު ފިޔަވަޅެއްނެތެވެ. ފުރަތަމަ އޭނާ ހައްޔަރުކޮށްގެން ބަންދު ކުރުމަށްފަހު ނުލުޅުންތެރިކަން ހުންނަ މީހެއް ކަމަށްބުނެ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، އަދި ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގައި ހުރި ހަމައެކަނި ނުކުޅުދުންތެރިކަން ހުރި މީހަކީ މިއީއެއް ނޫނެވެ. މިއަށްވުރެއް މާ ހާލަތު ގޯސް ބަލިމީހުންވެސް އެބަތިއްބެވެ. ނަމަވެސް މިހާލަތަށް ދާތަނެއް ނުފެނެއެވެ. މިހާލަތުގައި ކަންކަން ގޮސްފައިވާއިރު، މިމީހާ ދައުލަތުގެ ބެލުމުގެ ދަށުން ބެލޭނެ އިންތިޒާމުވެސް މިއަދާއި ހަމައަށް ހަމަ ނުޖެއްސުމުންވެސް ވަނީ ސުވާލު އުފެދިފައެވެ.

މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތިވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.

މިފަދަ މީހަކު މުޖުތަމައަށް ދޫކޮށްލުމަކީ އެއް ގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ދައުލަތުގެ އިދާރަތަކުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.