ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ އޭނާގެ ދެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ހާލު ދެރަވި މީހަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުދިން ސަލާމަތްކުރުމަށްފަހު އޭނާގެ ހާލު ދެރަވެގެން ފުލިދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:10 ހާއިރުއެވެ.
އެ މީހާ ނިޔާވެފައިވަނީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ