ހިންދޫންގެ ދީވާލީ އީދުގެ ނިންމުން ފާހަގަކޮށް، އުފާ ފާޅުކުރީ އެކަކު އަނެކަކު ގަޔަށް ގެރި ގުއި ޖަހައިގެން

ހިންދޫންގެ ދީވާލީ އީދުގެ ނިންމުން ފާހަގަކޮށް، އުފާ ފާޅުކުރީ އެކަކު އަނެކަކު ގަޔަށް ގެރި ގުއި ޖަހައިގެން

Author
ހުސެއިން
07 ނޮވެމްބަރ 2021 08:28
0

ހިންދޫންގެ އެންމެ މުހިންމު އެއް އީދު ކަމުގައިވާ، ދީވާލީ އީދުގެ ނިންމުން ފާހަގަކޮށް އުފާފާޅު ކުރުމުގެ ގޮތުން، އިންޑިއާގެ ވިލެޖެއްގައި ޖަމާއަތެއްގެ މީހުން އެއްތަންވެ، އެކަކު އަނެކަކު ގަޔަށް ގެރި ގުއި ޖަހައިފިއެވެ.

އިންޑިއާގެ ދެކުނުގެ ދެ ސްޓޭޓް ކަމަށްވާ ކަރުނާޓަކާއާއި، ޓެމިލްނާޑޫއާއި އިންވެގެން އޮންނަ ސްޓޭޓެއް ކަމުގައިވާ ގުމަޓަޕުރާ ވިލެޖްގެ ރައްޔިތުން، ހިންދޫންގެ ދީވާލީ ފެސްޓިވަލް ނިމާލުމުގެ ގޮތުން ބާއްވާ ގޮރެހައްބާ ފެސްޓިވަލް ފެށިގެންދަނީ، ދީވާލީ ފެސްޓިވަލް ނިންމާ ދުވަހުގެ ހެނދުނު އެ ވިލެޖްގައި ގެރި ގެންގުޅޭ މީހުންގެ ގާތަށް ހިނގާ، ގެރި ހުއި އެއްކުރަން ފެށުމާ ހަމައިންނެވެ.

މިގޮތުން ގެރި ގުއި، ގެންގުޅޭ ގޭތަކުން ގުއި އެއްކުރުމަށްފަހު، ބޮޑެތި ލޮރީއާއި ޓްރެކްޓަރު ތަކުގައި ގެންދެވެނީ ހިންދޫންގެ ފައްޅިއަކަށްވެ. ގެރި ގުއިތައް ފައްޅިއަށް އެއް ކުރެވުމުމާއެކު، ފާދިރީން ހިންދޫންގެ ދީނީ އަޅުކަމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެެންދެއެވެ.

އަދި އެއަށްފަހު، ޑަމްޕަރުގައި ގެރި ގުއިތައް ހާމަ ސަރަހައްދަކަށް އޮއްސާލުމަށްފަހު، ވިލެޖުގެ މީހުން ގެރި ގުއިން އެކަކު އަނެކަކަށް ހަމަލާ ދީ، އެންމެން ވެގެން އެކަކު އަނެކަކުގަޔަށް ގެރި ގުއި އުކުމަށް ތައްޔާރު ވެއެވެ.

މި ފެސްޓިވަލުގައި ބައިވެރިވުމަށް އިންޑިއާގެ ދުރު ސިޓީތަކުންވެސް ގުމަޓަޕުރާ ވިލެޖަށް މީހުން ޖަމާވެއެވެ. އަދި އެކަކު އަނެކަކު ގަޔަށް ގެރި ގުއި އުކާ، އޭގެއިން ފެންވެރުމުގެ، މި އިހުތިފާލުން ކުރެވޭ މަޖަލާއި އަދި ލިބޭ ހިންހަމަ ޖެހުމާ އެއްވަރަށް، މިގޮތަށް އެކަކު އަނެކަކު ގަޔަށް ގެރި ގުއި ޖަހާ އޭގެން ފެންވެރުމުން ލިބޭ ސިއްހީ ގިނަގުނަ ފައިދާތަކެއް ހުންނަ ކަމުގައިެވެސް، މި ދީނީ އީދުގެ އުފަލުގައި ބައިެވރިވާ މީހުން ގަބޫލުކުރެއެވެ.

"އެމީހުންގެ ކިބައިގައި އެއްވެސް ބައްޔެއް ހުރިހަމަ އެބައްޔަކަށް ޝިފާ ލިބިގެން ދާނެ،" މި ދީނީ އީދުގައި ބައިވެރިވި ދަނޑުވެރިއެއް ކަމުގައިވާ މަހޭޝް ބުނެފައި ވެއެވެ.

ބައެއް ހިންދޫން ގަބޫލުކުރާ ގޮތުގައި ގެރިއާއި އަދި ގެރީން އުފެދޭ ހުރިހާ އެއްޗަކީވެސް ސާފު ތާހިރު އަދި ބަރާތްތެރި ތަކެއްޗެވެ.

ހިންދޫގެ ވަތަނީ ބޮޑުވަޒީރު ނަރެންދުރަ މޯޑިވަނީ އޭނާގެ ވެރިކަމުގައި ގެރިއަށް ވަރަށް ބޮޑު ހިމާޔަތެއް ދޭން މަސައްކަތް ކުރައްވާފައެވެ. އަދި އިންޑިއާގެ އެތަކެއް ސްޓޭޓެއްގައިވަނީ، ގެރީގެ މަހުގެ ބޭނުމުގައި ގެރި ތިލުންވެސް މަނާ ކޮށްފައެވެ.

އަދި މޯޑީގެ ޕާޓީގެ ބައެއް މެމްބަރުންވަނީ، ގެރީގެ ކުޑަކަމުދާ ތަކެއްޗަކީ ކޯވިޑް19އަށް އޮތް ފަރުވާއެއްކަމަށް ކޯވިޑްގެބުނެ، ފަރީވާއެއްގެ ގޮތުގައި ގެރީގެ ކުޑަކަމުދާ ތަކެއްތި ބޭނުން ކުރުމަށްވެސް ގޮވާލައްވާަފައެވެ.

މީގެ އިތުރުންވެސް މޯޑީގެ ސަރުކާރުންވަނީ، ދަތް އުގުޅާ ބޭހާއި އަދި ޝޭމްޕޫއާއި މަދިރިން ރައްކާތެރިވާނެ ތަކެތިވެސް ގުއިން ތައްޔާރުކުރުމަށް ހިތްވަރު ދިނުމަށްވެސް ނިންމާފައެވެ.

ހިންދޫންގެ ދީވާލީ އީދުގެ ނިންމުން ފާހަގަކޮށް، އުފާ ފާޅުކުރީ އެކަކު އަނެކަކު ގަޔަށް ގެރި ގުއި ޖަހައިގެން

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.