މަތިވެރި ޖާބިރުގެ ގެސްޓުހައުސްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފި

މަތިވެރި ޖާބިރުގެ ގެސްޓުހައުސްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފި

Author
ހުސެއިން
04 ނޮވެމްބަރ 2021 06:09
0

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓުހައުސްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓްހައުސް ކާޒާމިއާ ހިންގުމާއި ހަވާލުވެ ތިބި ދެމީހުން ހަމަލާ ދީފައިވަނީ އެ ގެސްޓު ހައުސްއަަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ގެސްޓް ހައުސްއަށް ދިޔަ، މަތިވެރީގައި ދުރިއުޅޭ މާލޭއަށް ނިސްބަތްވާ މީހެއްގެ ގައިގައެވެ.

އެހެންނަމަވެސް މި ހަމަލާ ދިންވަގުތި، ގެސްޓު ހައުސްގައި ޖާބިރު ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމަށްފަހު، މިއަދުގެ ވަގުތެއްގައިވަނީ އެރަށުން ފުރުއްވާފައެވެ.

ގެސްޓްހައުސްގެ ދެމުވައްޒަފުން ހަމަލާ ދިން މީހާމެ މޫނާއި ގައިގެ އެހެންތަންތަނަށް ލިބުނު އަނިޔާތަކަށް މަތިވެރީ ހެލްތު ސެންޓަރުގައި މިހާރު ގެންދަނީ ފަރުވާ ހޯދަމުންނެވެ.

ކާޒާ މިއާއަކީ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް އެކެވެ. އެތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މީގެ މަސް ދުވަސް ކުރިން ވެސް ޖާބިރާ ދެކޮޅަށް މަތިވެރީގައި މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އޭނާ ރަށުން ފައިބަން ޖެހުން ޕޮލިހުންގެ ހިމަޔާތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.