ކުޅުދުއްފުށީ ފަޅުތެރޭ އޮތް ޑިންގީއެއްގައި ރޯވި އަލިފާން ނިއްވާލައިފި

ކުޅުދުއްފުށީ ފަޅުތެރޭ އޮތް ޑިންގީއެއްގައި ރޯވި އަލިފާން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2021 10:08
0

ހދ. ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާން ނިއްވާލަފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހދ.ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓްގެ ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވެފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އެސަރަހައްދަށް ގޮސް އާމުންގެ އެހީއާއިއެކު އަލިފާން ނިއްވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.