ހުޅުމާލޭގައި ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހުޅުމާލޭގައި ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2021 09:56
0

ހުޅުމާލެ ޖެޓީ ސަރަހައްދުގައި ވަގުތު ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ކުއްލިއަކަށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ލަކުޑި ޖެޓީ އާ ދިމާލުން ސަފާރީއަކުން ފޭބި ފަތުރުވެރިއަކު އެ ސަރަހައްދުގައި ހުރި ގޮނޑިއެއްގައި އިންދާ އަނބުރައިގަނެގެން ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މީމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރު ވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށެވެ. މިމީހާއަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޑެންމާކަށް ނިސްބަތްވާ މީހެކެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:50 ހާއިރުއެވެ.

އޮފިޝަލް ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.