އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

Author
އަހުމަދު
05 އޮގަސްޓް 2026 06:31
0

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފި އެވެ.

މި މަޝްރޫއު ފެށުމަށް އުކުޅަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން، ރައީސާއެކު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، މަޝްރޫއުގެ ކޮންޓްރެކްޓަރު އަލްޓެކް މޯލްޑިވްސްގެ މެނޭޖަރު އިބްރާހިމް އަޒީމް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގަ އެވެ. މި މަޝްރޫއު 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ދަށުން އުކުޅަހުގައި އިމާރާތްކުރާނީ މުޅިން ވެސް ތިން ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.