ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢުއެއް ފަށަނީ

ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢުއެއް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 09:35
0

ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢުއެއް ފެެށުމަށް ހަމަޖެހިއްޖެއެވެ.

މި މަޝްރޫޢަކީ ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒުވާން ޖީލެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ފަށާ މަޝްރޫޢެއްކަމަށް އިންތިޒާމު ކުރާ ފަރާތުންވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގެ އިސްކޮށް ހަރަކާތްތެރިވަނީ ޑރ.ޝަހީމްއެވެ.

ހާއްސަ ކަންކަން:
– ރީތި ރާގަށް ޤުރުޢާން ކިޔަވަން ދަސްކުރުން
– ތަޖްވީދުމަގަށް ކިޔަވަން ދަސްކުރުން
– ޕްރޮގްރާމް ކުރިއަށް ދާނީ ހަފްތާ ބަންދުގައި
– އަންހެން ކުދިންނަށް އަންހެން ހިތުދަސް މުދައްރިސުން
– ފިރިހެން ކުދިންނަށް ފިރިހެން ހިތުދަސް މުދައްރިސުން
– ކުލާހެއްގައި ތިބޭނީ 15 ކުދިން

މަޝްރޫޢު އެކި ގޮތްގޮތުން ޚާއްޞަވެގެން ހިންގޭ ޕްރޮގުރާމެކެވެ. މި މަޝްރޫޢަކީ ހަމައެކަނި ދަސްކޮށްދޭ މަޝްރޫޢެއްނޫނެވެ. ހިތު ދަސްކުރުމުގެ އިތުރުން، މި މަޝްރޫއުގައި ތަޖުވީދުގެ ހަމަތަކުން ރީތި ރާގުތަކަށް ހުނަރުވެރިކަމާއެކު ކިޔަވަން ދަސްކޮށްދެވޭނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޙާފިޒުންނާއި މޮޅު ޤާރީންގެ ހުނަރުވެރިކަން ޙިއްސާކުރެވޭނެއެވެ.

މިޞްރު، ޖޯޑަން، ކުވައިތު، ސަޢުދީ ޢަރަބިއްޔާ، މެލޭޝިޔާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މޮރޮކޯ ފަދަ ޤައުމުތަކުގެ ތަޖުރިބާކާރު އުސްތާޛުން އެކި މަރުޙަލާތަކުގައި މި މަޝްރޫޢުގެ ދަރިވަރުންނާ ބައްދަލުކުރާނެއެވެ. މި މަޝްރޫޢުގައި ދެ ޖިންސުގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. ކުލާސްތައް ކުރިއަށްދާނީ ވަކިންނެވެ. މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިއަށް ދާނީ ހަފްތާ ބަންދުތަކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިސްނާ
މާތް ﷲ ތިމަސައްކަތުގާ ބަރަކާތް ލައްވާށި! امين
م محمد يوسف
ތިޔަ މަސައްކައް ﷲ ކާމިޔާބު މިންވަރު ކުރައްވާށި