އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރީގެ ބިމުގައި 3،000 ހައުސިންގ ޔުނިޓް އެޅުމަށް އިސްރާއީލިގެ ސަރުކާރުން ނިންމާފައިވާ ނިންމުން އަބުރާ ގެންދިއުމަށް، ޖަރުމަނުވިލާތުގެ އިތުރުން، ޔޫރަޕްގެ 11 ގައުމަކުން އިސްރާއީލަށް ގޮވާލާައިފިއެވެ.
ބެލްޖިއަމް، ޑެންމާރކު، ފިންލޭންޑް، ފްރާންސް، ޖަމަނީ، އަޔަރލޭންޑް، އިޓަލީ، ނެދަރލޭންޑް، ނޯވޭ، ޕޮލޭންޑް، ސްޕެއިން އަދި ސުވިޑްންއިން ނެރެފައވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީން އިމާރާތް ކުރަމުން ދިއުމާ އެގައުމުތަކުން ދެކޮޅު ހަދާ ކަމުގައެވެ.
"ގުޅުން ބަދަހި ކުރުމާއި، އަދި މަސްރަހު ފިނިކުރުމަށް ފާއިތުވެދިޔަ ތަނުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މަތީގައި ކުރިޔަށް ދިއުމަށް ދެފަރާތަށްވެސް ގޮވާލަން،" ގައުމުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އިސްރާއީލުންވަނީ، ހިފާފައިވާ ހުޅަގު އައްސޭރީގައި، އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރުވުމަށްޓަކާ، 3،000 ހައުސިންގ ޔުނިޓް އެޅުމަށް، މިހަފްތާގެ ބުދަ ދުވަހު ނިންމާފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ސަރުކާރުން، މިހާތަނަށް އިސްރާއީލަށް އަމާޒުކޮށް، ކީ އެންމެ ވަރުގަދަ ފާޑުކިއުން މިމައްސަލާގައި އިސްރާއީލަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ