ސ. ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫޢު ނިމިއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުނީ 1 އޭޕްރީލް 2019 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ 8.41 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 2.2 ކިލޯމީޓަރު ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރެވުނެވެ. އަދި މީގެ އިތުރުން 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
We have completed S. Hulhumeedhoo Bahaudheen Road Construction Project on 15th October 2021.The project is valued at MVR. 41.8 million.#MTCCProjects #RayyithungeKunfuni pic.twitter.com/4bUQYj0LDl
— MTCC Plc (@MTCCPlc) October 26, 2021
މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ