އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ދޭން އެއްބަސްވެއްޖެ

އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ދޭން އެއްބަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 05:14
0

އުުތުރުތިލަފަޅު ހިއްކައި، އެތަނުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެއެވެ.

ގައުމީ ސަލާމަަތަށް ނުރައްކާވާނެ ކަަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީން ކުރިން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިމަހުގެ 14 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީއަށް އެންގުމުން، އެ އެންގުމާ އެއްގޮތަށް ވެސް އެ މިނިސްޓްރީން އަމަލުކޮށްފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތުތައް ހިއްސާކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށެވެ. ހަތް ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް އެ މައުލޫމާތުތައް ހިއްސާކުރަން މިނިސްޓްރީއިން ނުރަސްމީ ސިފައެއްގައިވެސް އެއްބަސްވެފައި އޮތުމުން އެ ކޮމިޝަނަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވަނީ ބުނެގައެވެ.

ދިޔަރެސްއިން ހޯދަން އެދުނު މައުލޫމާތު

  • އިންޑިއާގެ "ޓެކްނިކަލް" ބައެއް ކަމަށް ބުނާ މީހުން ނިސްބަތްވާ މުއައްސަސާ.
  • "ޓެކްނިކަލް" މީހުންނަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެ ގޮތުގެ ތަފްސީލްތައް
  • "ޓެކްނިކަލް" މީހުންގެ އެއްވެސް ހަރަދެއް ދިވެހި ސަރުކާރުން ބަލާނަމަ އެކަމުގެ ތަފްސީލް
  • "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު
  • އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބުމަށް ހުއްދަ ދީފައިވާ މުއްދަތު
  • އެއްބަސްވުމާ ގުޅިގެން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތެ

އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރީ މިިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ އެ އެއްބަސްވުމުގެ ހުރިހާ ބައިތަކެއް ކޮމިޓީއާ ހިއްސާ ނުކުރާ ކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ. ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާރުގެ ކަމެއް ފާހަގަވެފައި ނުވާ ކަމަަށެވެ.

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލުވީ ނަމަވެސް، ރާއްޖޭގެ އަސްކަރިއްޔާއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު އާކަމެއް ނުކުރެވޭ ކަމަށެވެ. މިހާރުވެސް މަސައްކަތް ކުރިއަށްދަނީ 2016ވަނަ އަހަރު އެކުލަވާލި އެކްޝަން ޕްލޭނާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުންތަކެއްގެ ދަށުންކަމަށެވެ. ކޮމިޓީގައި ދެއްކި ޕްރެޒެންޓޭޝަނަށްފަހު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރެއް ބަދަލުވެ، ވެރިން ބަދަލުވީނަމަވެސް ދެ ޤައުމެއްގެ ދޭތެރޭގައި ހެދިފައިވާ އެއްބަސްވުންތަކަކީ އެއަށް އިޙްތިރާމްކޮށް ކުރިއަށް ދާންޖެހޭ އެއްބަސްވުންތަކެއްކަމަށެވެ.

އުތުރު ތިލަފަޅު އެއްބަސްވުމަކީ 2016ވަނަ އަހަރުގެ އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކު ވެފައިވާ އެއްބަސް ވުމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތެއްގެ ގޮތުގައި ދިފާއީ ގުޅުން ތަރުތީބުކުރެވުނީ 2016ވަނަ އަހަރު އެކްޝަން ޕްލޭންގައި ސޮއިކުރުމުން ކަމަށެވެ. އަދި މިއީ ކުރެވުނު ވަރަށް މުހިންމު ކަމެއްކަމަށާ، މިއާއެކު ހަރުދަނާ ގޮތެއްގައި ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ހެދުމަށް ފަސޭހަ ވެގެން ދިޔަކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބަނދަރުތަކެއް ހަދައި، އެތަންތަނުގެ މަރާމާތާއި އެނޫން ކަންކަން ބެލެހެއްޓުމަށް ކުރީގެ ޑިފެންސް މިނިސްޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.