ދޫނިދޫއާއި، ހުޅުދެލި ބަނދަރު މަސައްކަތް ބާރަށް ކުރިއަށް

ދޫނިދޫއާއި، ހުޅުދެލި ބަނދަރު މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 11:16
0

ކ. ދޫނިދޫ އާއި ދ. ހުޅުދެލި ބަނަދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި އެމްޓިސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވީ ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ %10 ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %39 ވަނީ ނިމިފައިވާކަމަށެވެ.

ޖުމުލަ 51.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރުއ ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ މަސައްކަތުގެ 23 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައެވެ.

މި މަސައްކަތުގެދަށުން އެރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ސަރަޙައްދުގެ ގޮންޑުދޮށް ޙިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުންމަށްވެސް ވަނީ ހިމަނާފައެވެ. އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019ގައެވެ. 1އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 39.8މިލިއަން ރުފިޔާއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.