ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ފަރާތުން "ޓޭލްޒް އޮފް މޯލްޑިވްސް"ގެ ނަމުގައި ގެނެސްދޭ ކުރު ފިލްމުތަކުގެ ތެރެއިން "ދޮންހިޔަލަ އާއި އަލިފުޅު"ގެ ވާހަކައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވިޒްޓް މޯލްޑިވްސް ފަށާފައިވާ މި ކެމްޕެއިންގައި މިހާތަނަށް ސޯޝަލްމީޑިއާއަށް ދޫކޮށްލާފައިވާ ކުރު ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވަނީ ދޮންހިޔަލަ އާއި އަލިފުޅެވެ. އެގޮތުން ޔޫޓިއުބަށް މި ވީޑިއޯ ދޫކޮށްލިތާ 1 ދުވަސް ތެރޭ 13 ހާހަށްވުރެ ގިނަ މީހުން ވަނީ ހަމައެކަނި ޔޫޓިއުބުން މި ވީޑިއޯ ބަލާފައެވެ. ޔޫޓިއުބްގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ޕޭޖާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ވީޑިއޯތައް އަންނަނީ ގެނެސްދެމުންނެވެ.
"ދޮންހިޔަލަ އާއި އަލިފުޅު" މި އެޑް ފިލްމް ގެނެސްދީފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. "ދޮންހިޔަލަ އާއި އަލިފުޅު" އަކީ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. މީ "ރޯމިއޯ އެންޑް ޖޫލިއަޓް" ކަހަލަ ވާހަކަތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ކަމުދާނެ ފިލްމެކެވެ.
ދޮންހިޔަލަ އާއި އަލިފުޅަކީ ލޮތްބާއި ކުލުނާއި ޖަޒުބާތު އެންމެ މަތީ ފެންވަރުގައި ހިމެނޭ ހިތާމަވެރި ލޯބީގެ، އަސަރުގަދަ ވާހަކައެކެވެ. އެ އިހުސާސް އިނގިރޭސިބަހުން ގެނެސްދީފައިވާ މި ވީޑިއޯ އިން ވެސް ގެނުވައެވެ.
"ދޮންހިޔަލަ އާއި އަލިފުޅު"ގެ ގޮތުގައި ފެނިގެންދަނީ ފިލްމީތަރި މަރިޔަމް ޝިފާ އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ.
The beauty of Dhon Hiyala and the courage of Alifulhu have been spoken of for many years. Even today, Maldivian shores are said to be blessed and watched over by the souls of these two lovers. Let us show you more. #TalesOfMaldives #VisitMaldives https://t.co/Q0V6jh2mSD
— Visit Maldives (@visitmaldives) October 24, 2021
2 މިނިޓެއްހައި އިރުގެ މި އެޑް ފިލްމުން "ދޮންހިޔަލަ އާއި އަލިފުޅު" ގެނެސްދީފައިވަނީ ވަރަށް ޝައުގުވެރި ގޮތަކަށެވެ.
މި އެޑް ފިލްމް ގެ ޑައިރެކްޓަރަކީ 2016 ގައި "4426″ އިން ޑައިރެކްޝަނަށް ނުކުތް އަޙްމަދު ޝިނާނެވެ. އީމާން ތައުފީގު އިނގިރޭސި ބަހުން ނެރޭޓްކޮށް ދީފައިވާ "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވީއެފްއެކްސް މަސައްކަތްކުރީ ވެސް ޝިނާނެވެ.