ޓުވަރ ގައިޑެއްކަމަށްބުނެ ފަތުރުވެރިއެއްގެ ދަބަހުން ފައިސާ ވަގަށްނެގި މީހަކު ހޯދަނީ

ޓުވަރ ގައިޑެއްކަމަށްބުނެ ފަތުރުވެރިއެއްގެ ދަބަހުން ފައިސާ ވަގަށްނެގި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 02:35
0

ޓުވަރ ގައިޑެއްކަމަށްބުނެ ފަތުރުވެރިއަކަށް ޚިދުމަތްދީ ފަތުރުވެރިޔާގެ ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުން ބުނެފައިވަނީ ޓުއަރ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ، އާންމުންގެ އެހީއަށް އެދުނީކަމަށެވެ.

ފޮޓޯއިން ފެންނަ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތުއެވެ. މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މިހާއަކީ ބަނގްލަދޭޝް މީހެއްކަން ވަނީ އެނގިފައެވެ.

މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.