މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 12:32
0

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވަން އަންގައި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ގއ. ކޮލަމާފުށި، ވެށި، އަޙްމަދު ޝިފާޒް (32އ)އެވެ. އޭނާ ހޯދަން އިއުލާން ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށެވެ.

ފުލުހުން ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.

އޭނާ ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.