ބޯޑަރު ހުޅުވާލިފަހުން ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކަށް މިއަދު

ބޯޑަރު ހުޅުވާލިފަހުން ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކަށް މިއަދު

Author
ހުސައިން
01 ނޮވެމްބަރ 2020 09:47
0

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މިއަދު ވެއްޖެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، މިއަދު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް ރާއްޖެއަށް 1582 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ އޮކްޓޫބަރު މަހު އެކަނިވެސް 21000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ ކުރިން އަންދާޒާކުރި އަދަދަށްވުރެވެސް ގިނަ އަދަދެއް ކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތު އައުމުގެ ކުރިން ދުވާލެއްގެ މައްޗަށް އާންމު ގޮތެއްވައި އަށް ހާހެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާޗު މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް 382760 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.