އީގްލަސްއިން ފަރިތަކުރުންތަކަށް ފަށައިފި

އީގްލަސްއިން ފަރިތަކުރުންތަކަށް ފަށައިފި

ގުޅުންހުރި

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކުލަބު އީގަލްސްއިން ފަރިތަކުރުންތައް ފަށައިފިއެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދަތަކާއި އުސޫލްތަކާއި އެއްގޮތަށް އީގަލްސްއިން ފަރިތަކުރުންތައް ފެށީ މިއަދު ހަވީރުއެވެ.

އައު ސީޒަނަށް އީގަލްސް ކުރިމަތިލާއިރު، އީގަލްސްއިން ވަނީ ބްރެޒިލުގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރޭ ރެގްލީ ގެންނަން ނިންމާފައެވެ. އެއީ މިދިޔަ ފަސް އަހަރު އެ ޓީމު ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމު ގޯލްކީޕަރު ސުޖަން އެ ގައުމުގެ ޓީމަކާ ގުޅެން ނިންމުމުންނެވެ. ރެގްލީ ރިލީޒް ލިބުނުހާ އަވަހަކަށް އެއްބަސްވުމުގެ ކަންކަން ނިމިގެންދާނެ ކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ.

ކުަލަބް އީގްލަސްއަށް ބިދޭސީ ކުޅުންތެރިން ގެންނަން ބަލާނީ ކްލަބްގެ ބަޖެޓް ތެރެއަށް ފެއްތޭ ގޮތަށް ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ. ކުލަބު އާސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފެށިއިރު ޓީމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އެ ކުލަބުން ބުނެއެވެ. މިދިޔަސީޒަނުގައި ކުލަބުން ފެނުނު މުހިންމު ގިނަ ކުޅުންތެރިން ފެންނާނެ ކަމަށް އީގްލަސްއިން މައުލޫމާތުދެއެވެ.

އަންނަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މުޅިން އަލަށް މިފަހަރު އީގަލްސް ވާދަކުރާއިރު އެޓީމުން އަންނަ ސީޒަނުގައި އޭއެފްސީ ކަޕުގައި ވެސް ވާދަކުރާނީ މުޅިންއަލަށެވެ. އެޓީމުން އޭފްސީކަޕުގައި ވާދަކުރާނީ ފުރަތަމަ ޕްލޭއޯފް ބުރުގައެވެ.

ކުރިއަށް ސީޒަނުގައިވެސް  ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *