މަސްތުހާލުގައި ހުރެގެން ޝާހްރުކް އަށް ފުރައްސާރަ ކުރި ކަމަށް ސްވަރާ އެއްބަސްވެއްޖެ

މަސްތުހާލުގައި ހުރެގެން ޝާހްރުކް އަށް ފުރައްސާރަ ކުރި ކަމަށް ސްވަރާ އެއްބަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 08:18
0
މިހާރު ބޮލީވުޑްގައި ކާމިޔާބު ހޯދަމުން އަންނަ ސްވަރާ ބަސްކެރް ވެފައި ވަނީ އެކްޓް ކުރުމުގެ ހުނަރު ހުރި މޮޅު ތަރިއަކަށެވެ. އޭނާއަކީ ކުރިއަރާނެ ތަރިއެއް ކަމަށް ގިނަބަޔަކު ބުނެއެވެ. އޭނާގެ އެކްޓް ކުރުމުގެ ހުނަރުގެ ވާހަކަ ބޭންދުމަށްފަހު އޭނާއާ ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާންއާ ދެމެދު ހިނގި ކަމެއްގެ ވާހަކަދައްކާ ލަމާ ހިނގާށެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބޮލީވުޑް ޕާޓީއެއްގެ ތެރެއިން ޝާހްރުކްއަށް ފުރައްސާރަ ކުރެވުނު ކަމަށް ބުނެފައެވެ.
ސްވަރާ ދެއްކީ ޑައިރެކްޓަރ އާނަންދް އެލްއާރްގެ އުފަންދުވަހުގެ ޕާޓީގެ ވާހަކައެވެ. އޭނާ އެ ޕާޓީއަށް ގޮސްފައި ވަނީ ކްރޮޕް ޓޮޕެއް ލައިގެންނެވެ. އޭނާ ބުނީ އެ ދުވަހު އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި މަސްތުހާލުގައި ހުރެގެން ޝާހްރުކް ޚާންއަށް ފުރައްސާރަ ކުރި ކަމަށް އޭނާ ބުންޏެވެ.
އިތުރަށް އެކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ވަނީ ޝާހްރުކްއަށް ވަރަށް އުނދަގޫ ކުރެވުނު ކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް ސްވަރާއާ މެދު ޝާހްރުކް ކަންތައް ކުރީ ވަރަށް މަޑުމައިތިރިކޮށް ކަމަށް އޭނާ ބުންޏެވެ.
ސްވަރާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވީރް ޑީ ވެޑިންގއިންނެވެ. އަދި އޭނާ މިހާރު ދަނީ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.