ހެއިޓީއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ފަގީރު އެއް ގައުމު

އެމެރިކާގެ 17 މީހަކު ހެއިޓީގައި ރަހީނު ކޮށްފި

އެމެރިކާގެ 17 މީހަކު ހެއިޓީގައި ރަހީނު ކޮށްފި

އެމެރިކާގެ 17 މީހަކާއި އަދި އެމީހުންގެ އާއިލާތުގެ ކުޑަކުދިންވެސް ހިމެނޭގޮތުން މިގަފްތާގެ ހޮނިހޮރު ދުވަހު ރަހީނު ކޮށްފައިވާކަމަށް، މިހާދިސާގެ މައުލުމާތު އެގިހުރި ޖަމިއްޔާއަކުން، ދުނިޔޭ ދީނީ ބައެއް ހަމާއަތްތަކަށް އަމާޒުކޮށް ފޮނުވާފައިވާ ވޮއިސް މެސެއްގައި ބުނެފިއެވެ.

އެމެރިކާގެ އޯހިއޯގައި ގާއިމް ކޮށްފައިވާ ކުރިސްޓިއަން އެއިޑް މިނިސްޓރީ ނަމަކަށް ކިޔާ ޖަމިއްޔާގެ، މި މެސެޖުގައި ބުނެފައިވާ ގޮތުން، މި މީހުން ރަހީނު ކޮށްފައިވަނީ، ހެއިޓީގައި ޔަތީމު ކުދިން ބަލަހައްޓާތަނެއް ހަދާ ނިންމާލުމަށްފަހު އެބުރި ގެއަށް ދިއުމުގެ މަގިމަތީގައި ކަމުގައެވެ.

"މިއީ ޚާއްސަ މެސެޖެއް،" މި ޖަމިއްޔާއިން އާންމު ކޮށްފައިވާ މި މެސެޖުގައި ބުނެފައި ވެއެވެ. "މި ގޭންގް މެމަބަރުން މިކަމާ ހިތާމަ ކުރާނެ."

މި މެސެޖުގައި ބުނެފައިވާ ގޮތުން، ރަހީނު ކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނޭ މިޝަން ޑައިރެކްޓަރ އަކީ، ހެއިޓީގައި ހުންނަ އެމެރިކާ އެމްބަސީއާއި އެކީ މަސައްކަތް ކުރަމުން ދިޔަ ފަރާތެއް ކަމަށާއި، އަދި ފީލްޑް ޑައިރެކްޓަރގެ އާއިލާއާއި އަދި ކާކުކަން ފާހަގަ ކޮށްފައިނުވާ އެހެން މީހަކު ހުރެފައިވަނީ، ހެއިޓީގައި ގާއިމް ކޮށްފައިވާ އެ ޖަމިއްޔާގެ ބޭސްގައި ކަމަށާއި، އަދި މީގެ އޮތުރުންވެސް މި ޔަތީމު ޚާނާއަށް ޒިޔާރަތްކުރި އެހެން މީހުންވެސް ރަހީނު ކޮށްފައިވާ ކަމަށެވެ.

ރަހީނު ކޮށްފައިވާ މިމީހުންނާ ގުޅޭ އެހެން މައުލުމާތެއް އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސަރުކާރުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، އެމެރިކާގެ ރައްޔިތުންގެ 17 މީހަކު ހެއިޓީގައި ކިޑްނެޕް ކޮށްފައިވާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

ފާއިތުވެދިޔަ ޖުލައިމަހު، ހެއިޓީގެ ރައީސް ޖުވަނެލް މުއިއްޔު އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް ބަޑިޖަހާ އަވަހާރަ ކޮށްލެވުނު ފަހުން ހެއިޓީގައި އަނެއްކާވެސް މީހުން ރަހީނުކުރުމުގެ ހާދިސާތައް އިތުރުވާން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *