ސިދާތު ފެންނާނެ އެންމެ ފަހު ވީޑިއޯ ލަވަ މިމަހު 21 ގައި!

ސިދާތު ފެންނާނެ އެންމެ ފަހު ވީޑިއޯ ލަވަ މިމަހު 21 ގައި!

Author
ފާތިމަތު ނާވީ
19 އޮކްޓޯބަރ 2021 05:58
0

މިދިއަ މަހު ހާޓްއެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވި އިންޑިއާގެ މަގުބޫލު ތަރި ސިދާތު ޝުކުލާ އެންމެ ފަހުން ވީޑީއޯ ލަވަ މި މަހުގެ 21 ގައި ނެރުމަށް ނިންމައިފިއެވެ.

އަދޫރާގެ ނަމުގައި ނެރޭ މި ލައިވައިގެ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކައިލާފައެވެ. ކުރިން މި ލަވައިގެ ނަމަކީ "ހެބިޓް" އެވެ. ނަމަވެސް ލަވައިގެ ނަން ބަދަލުކޮށް ލަވަ ނެރެން ނިންމި ނަމަވެސް ސަޕޯޓަރުން ތިބީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

 

View this post on Instagram

 

A post shared by shreyaghoshal (@shreyaghoshal)

މި ލަވައަކީ ޝެހެނާޒާއެކު ސިދާތު ކުޅެފައިވާ ލަވައެކެވެ. މި ލަވައިގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށްވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސާރޭގާމާގެ ތައްގަނޑުގައި ނެރޭ ލަވައިން ފެނިގެންދާނީ ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝެހެނާޒް ގިލް (ސަނާ) އެވެ. އެ ދެ މީހުންނަކީ "ބިގް ބޮސް 13″ އިން ދިމާވެ ގުޅުން އުފެދުނު ދެ މީހުންނެވެ. ޝޯވ ކަމިޔާބު ކުރީވެސް ސިދާތެވެ.

ޝްރެޔާ ގޯޝަލް އާއި އާކޯ ކިޔާފައިވާ "އަދޫރާ" ލަވައިގެ ޕޯސްޓަރުގެ ޓެގް ލައިނަކީ "އޭކް އަދޫރާ ގާނާ، އޭކް އަދޫރީ ކަހާނީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.