ޕެންޝަން އޮފީހުގެ ސީއީއޯ މަޤާމުން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯ މަޤާމުން ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2021 11:32
0

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފިއެވެ.

އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރަށް ވަޒީފާ ހަމެޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަގާމުގައި އަހަރެއް ނުފުރެނީސް އޭނާ މަގާމުން ވަކިކުރަން ނިންމީ، ޕެންޝަން އޮފީހުގެ ބޯޑުގެ ނިންމުމަކުންނެވެ. ސީއީއޯ ވަކިކުރުމުގެ ނިންމުން މިއައީ، އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެ ތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ޕެންޝަން އޮފީހުގެ މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވީ ޖޯން ގްރިންޑާލް ވަޒީފާ އިން ވަކިކުރުމުން މިހާރު އޭނާ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ވެސް ދެބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.