ފްރާންސް ލިގް ވަންގައި ޕީއެސްޖީން ނެންޓެސްގެ މައްޗަށް ކުރި ހޯދާ ލީގް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މިމެޗުގައި ޕީއެސްޖީގެ ކައިލަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ. އަނިޔާގެ ސަބަބުން ނޭމާ ނުލާ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އެމްބާޕާ ދިން ބޯޅައަކުން ކާމިޔާބުކޮއްދިނީ އެންދަރު ހެރޭރާއެވެ. އޭނާ މިލަނޑު ކާމިޔާބުކޮއްދިނީ މެޗުގެ 47 ވަނަ މިނިޓުގައެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ލިބުނު ޕެނެލްޓީން މެޗުގެ 65މިނިޓުގައި ކާމިޔާބުކޮއްދިނީ އެމްބާޕޭއެވެ. ފަހު ލަނޑު މެޗު ނިމެން މިނިޓެކަށް ވެފައިވަނިކޮށް ކާމިޔިބުކުރީ ޕަބްލޯ ސަރަބިޔާއެވެ.
މެޗުގައި ނަންޓެސް އަށް ވަނީ ޕެނެލްޓީއެއް ލިބިފަ. ނަންޓަސްގެ އަބްދުލް ކާދެރް ބަންބާ ފޮނުވާލި ޕެނެލްޓީ ޕީއެސްޖީގެ ކީޕަރު ކެލާ ނަވާސްވަނީ ދިފާއުކޮއްފައެވެ. ލީގުގައި ވިދިވދިގެން ހޯދި ހަތްވަނަ މޮޅާއެކު ޕީއެސްޖީ ވަނީ 21 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގަ ތިންޕޮއިންޓްގެ ލީޑެއް ނަގާފައެވެ.