އިސްމާއީލް އީސަ (މެސީ) ޔޫވީއަށް

އިސްމާއީލް އީސަ (މެސީ) ޔޫވީއަށް

ގުޅުންހުރި

ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށް އިސްމާއީލް އީސަ (މެސީ) މިއަހަރުގެ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއި ކޮށްފިއެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ކެރިއަރު ފެށި އީސަ ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އާއި މާޒިޔާގެ އިތުރުން ޓީސީއަށް ކުޅެފައެވެ.

މާޒިޔާ ދޫކޮށް އޭނާ ޓީސީއަށް ބަދަލުވީ މިދިޔަ އަހަރު ކުރީކޮޅުގައެވެ. މިދިޔަ ސީޒަން ޓީސީ ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. އެއަށްފަހު އޭއެފްސީ ކަޕުގެ މެޗުތަކުގައި ވެސް އީސާ ވަނީ ކުޅެފައެވެ. ނަމަވެސް އޭއެފްސީން ވަނީ މުބާރާތް ކެންސަލްކުރުމުން ޓީސީގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ އެހެން ކުލަބުތަކަށް ބަދަލުވެފައެވެ. މުބާރާތް ކެންސަލް ކުރުމުން ލިބުނު މާލީ ބޮޑު ގެއްލުމާހުރެ ޓީސީ މިވަގުތު އޮތީ ވަރަށް ހިނާރުކޮށެވެ.

ޔޫވީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމާ ކުރިޔަށް އޮތް ސީޒަނުގައި ގުޅުނު ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) އާއި އާދިލް އަބްދުލް ރަހުމާންގެ އިތުރުން އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއި ވަނީ ހޯދާފައެވެ.

މިދިޔަ ސީޒަނުގައި މެސީގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއެކު ތިން އަހަރަށް ފަހު ގައުމީ ޓީމުން އޭނާ އަށް ވަނީ ފުރުސަތުދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *