ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ގެ ސަސްޕެންޝަން އުވާލައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ގެ ސަސްޕެންޝަން އުވާލައިފި

Author
މުޙައްމަދު ޖިމީ
01 ނޮވެމްބަރ 2020 10:55
0

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ފަޔާޒްގެ ސަސްޕެންޝަން އުވާއިފިއެވެ.

ފަޔާޒްގެ ސަސްޕެންޝަން އުވާލުމުން މިހާރު އޭނާ ވަނީ ވަޒީފާއަށް ނިކުންނަންފަށާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފައިވަނީ ސިވިލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކެއް ތަޙްޤީޤްކުރުމަށްކަމަށް އެކޮމިޝަނުން ކުރިން ބުނެފައިވެއެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށް އެއްމަސްދުވަހުގެ މުއްދަތަކަށެވެ.

އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑްކޮށްފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ބަލަމުންދާ މައްސަލަތަކެއްގައެވެ.

ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަގާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓަރުންގެ ދަށުން މިނިސްޓްރީ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.