ކޮންޓެއިނަރުތަކެއް މޫދަށް ވެއްޓި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކޮންޓެއިނަރުތަކެއް މޫދަށް ވެއްޓި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
އަހުމަދު
28 ޖޫން 2026 10:27
0

މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދުން ބާޖަކުން މޫދަށް ވެއްޓުނު ހަތަރު ކޮންޓެއިނަރެއް އޮޔާދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންނާއި އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުންނެވެ. ވެސްޓް ޕާކާ ދިމާލުން މޫދަށް ވެއްޓުނު މި ކޮންޓެއިނަރުތައް މިހާރު އޮޔާދާނެކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮންނަ ކަނޑުގެ ސަރަޙައްދަށެވެ.

އެހެންކަމުން، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.