މާލެ-ހުޅުމާލެ ހައިވޭގައި ކާރަކާއި ޕިކަޕެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެ

މާލެ-ހުޅުމާލެ ހައިވޭގައި ކާރަކާއި ޕިކަޕެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެ

Author
އަހުމަދު
28 ޖޫން 2026 10:29
0

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ހައިވޭގައި ކާރެއް ޕިކަޕެއްގެ ފަހަތުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިއަދު ފަތިހު 03:11 ހާއިރު ރިޕޯޓުކޮށްފައިވާ މި ހާދިސާ ހިނގަން މެދުވެރިވީ، ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގެ ފަހަތުގައި ޖެހުމުގެ ސަބަބުންނެވެ. ކާރު ޖެހުމާއެކު ޕިކަޕު ކޮންޓްރޯލުން ނެއްޓިގެން ގޮސް، ހައިވޭގެ ފެންސާއި މަގުބައްތި ހޮޅިދަނޑިއެއްގައި ވަނީ ޖެހިފައެވެ. މި އެކްސިޑެންޓުގައި ހަތަރު މީހަކަށް ކުދި އަނިޔާތައް ލިބިފައިވާއިރު، ހާދިސާގައި ހިމެނޭ ދެ އުޅަނދަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.