މިފަސްގަނޑުން އެންމެ އިންޗިއެެއްވެސް ނުދެވޭނެ، ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ނާޒިމް

މިފަސްގަނޑުން އެންމެ އިންޗިއެެއްވެސް ނުދެވޭނެ، ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2021 10:20
0

ދިވެހިންގެ ދިވެހި، ފަސްގަނޑުން އެންމެ އިންޗިއެއް ބޭރު މީހުންނަށް ދިނުމަށް ތާއީދު ނުކުރާނެކަމަށާއި، އަދި ބޭރުގެ ސިފައިންނަށްވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތިބުމަށް ތާއީދުނުކުރާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމްވަނީ އެމްއެންޕީގެ އަސާސްތަކާއި އެމްއެންޕީން ގަބޫލުކުރާ ގަބޫލު ކުރުންތައް ހާމަ ކުރައްވާފައެވެ. ނާޒިމް އެންމެ ބޮޑަށް ޔަގީންކަން ދެއްކި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ތެރޭގައި މިއަދު އެންމެ ބޮޑަށް ކަންބޮޑުވުން ހުރި ކަންތައްތައް ހިމެނެއެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ޤައުމުތަކުގެ ސިފައިންނަށް ތިބެވޭނެ ޖާގަ ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. އެކަން ކުރެވޭނެ ޖާގަ އެމްއންޕީގެ ވެރިކަމެއްގައި ނުދޭނެކަމަށެވެ.

ހަމަ މިއާއިއެކު ރާއްޖޭގެ ފަސްގަނޑު އިންޗިއެއްހާ މިންވަރުވެސް ބޭރުގެ ބާރުތަކަށް ދިނުމަކީ ގަބޫލުކުރާނެ ކަންކަމެއް ނޫންކަނަށެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތުގައިކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިޤުލާލާއި ކުޅެލުމުގެ އެއްވެސް ޖާގައެއް އެމްއެންޕީ އޮއްވައި ނުދެވޭނެކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ ޖުޑީޝަރީ މިނިވަންކޮށް، ޖޭއެސްސީއަކީ ވަކި މީހެއްގެ ނުވަތަ ބަކި ބައެއްގެ ކޮންޓްރޯލްގައި އޮންނަ ތަނަކަށް ނުވުންކަމަށެވެ. ރާއްޖޭގެ އަދުލު އިންސާފަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި، އެކަން އެމްއެންޕީން ކުރާނެކަމަށެވެ. މިއާއިއެކު ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ޖެހުމާއި، އަސާސީ ގިނަ ކަންކަމަށް ދިވެހި ރައްޔިތުން ތާއަބަދު ސަރުކާރުގައި ސަލާންޖަހަން ޖެހޭ ޖެހުންވެސް ނިމުމަކަށް ގެންނާނެކަމަށެވެ.

ނާޒިމްގެ ވާހަކާއި ދިވެހި ޤައުމުގެ މާލިއްޔާއިން މިއަދު ކަންކަން ކުރެވޭ ގޮތަށްވެސް އަލި އަޅުވާލެއްވިއެވެ. އެގޮތުން މިހާރު މާލިއްޔާއިން ވަކި ބަޔަކު މުއްސަދިވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި ރައްޔިތުންނަށް މާލިއްޔާއިން މުއްސަދިކަން ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެކަމަށެވެ. ހަމަ މިއާއިއެކު ބޭސްފަރުވާއާއި ތައުލީމު މާލެއެކޭ އެއްފެންވަރަށް އަތޮޅު ތެރޭގައި ދެވޭނެ ނިޒާމު ގާއިމްކޮށް، މާލެއަށް އަންނަންޖެހޭ އައުން ނިމުމަކަށް ގެންނާނެކަމަށެވެ.

ނާޒިމް ވަނީ 2023ގައި އެމްއެންޕީން ކަނޑައަޅާފައިވާ މައިގަނޑު ގިނަ އަސާސްތައް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އެމްއެންޕީން ރައްޔިތުންގެ މަސްލަހަތުގައި ނުކޮށް ދޫކޮށްލާނެ ހަމައެއްވެސް ކަމެއް ނޯންނާނެކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްއެންޕީން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.

އެމްއެންޕީ އުފެއްދުމަށް ބޭއްވި މި ޖަލްސާގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ސިޔާސީ އެހެން ޕާޓީތަކުގެ މެމްބަރުންނާއި، މަޖިލިސް މެމްބަރުންނާއި، ބައެއް ޖަމްއިއްޔާތަކުގެ ބޭފުޅުންގެ އިތުރުން، އިލެކްޝަން ކޮމިޝަނުންވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުޙައްމަދު ޒާހިރު
އަސްތާ މައުމޫނަށްޓަކައި ރައްޔަތުން ގައިގާ ހަންމުށިއެޅި ގުރޫޕް އަބުޅޯމެން ސިފަ ބަދަލުކޮށްގެން ނިކުތީދޯ؟ ތިއީ މައުމޫނުގެ ޖައްލާދުންތަކެއް.
ސ ސައީދުބެ
މިވެރިން ވަނީ ޔައްޔަތުން ހޯލްސޭލްކޮށް ވިއްކާލަފަ. އަލުން ތޮފި އަދި ކުލަ އެ ބަދަލުކޮށްލީ. ވެރިކަމުގެ ލައްޒަތާއިހެދި އަވަދިވަނީ. މިލިޓަރީ ޔުނިޓެއް މިއީ. ބެކޮްބޯން މާހިރުކުރެން އައްސަވާ.
އ އަޙުމަދު އައްޑޫ
Hus dhogu. Mihaaru ves onnaanee deal hadhaafa. Theegen meehaku bunaa echcheh gaboolu kuran heyo nuvaane. Hama hus Landaa