އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާގެ ސިއްހަތާއި މެދު އާއްމުން ކަންބޮޑުވެ، ގިނަބަޔަކު އެކަމާއި ވާހަކަދައްކަން ފަށައިފިއެވެ.
ޓިމޮތީ ޗަލަމެޓްއާއެކު ކުރިއަށްގެންދިޔަ އިންސްޓަގްރާމް ލައިވް ސެޝަންއެއްގައި ސެލީނާގެ ފޭނުންނަށް ވަނީ އޭނާގެ އަތަށް އައިވީއެއް ގުޅާފައި އިން ތަން ފެނިފައެވެ. އެކަމާއި ގިނަބަޔަކު ކަންބޮޑުވެ މިހާރު މީސް މީޑިއާގައި ދަނީ ވާހަކަދައްކަމުންނެވެ.
މިގޮތަށް ވާހަކަދައްކަމުންދާ ބައެއް މީހުން ބުނާގޮތުގައި، ސެލީނާ ބަލިކޮށް އުޅޭ ވާހަކަ އޭނާ ސިއްރު ކުރަނީ އެވެ. އެ ލައިވްސްޓްރީމް ސެޝަންގައި އޭނާ ކައިރީގައި މެޑިކަލް ބައިވަރު އިކުއިޕެމެންޓްސް ހުރި ތަން ފެނުނު ކަމަށް އެއްބަޔަކު ބުނެފައި ވެއެވެ.
ސެލީނާ އަވަހަށް ރަނގަޅުވޭތޯ ހެޔޮ ދުއާ ކުރަން. އަހަރެން އުއްމީދު ކުރަން އޭނާގެ ހާލު ރަނގަޅު ކަމަށް. އެފަދަ ހާލެއްގައި އުޅެން ޖެހުމުން އުޅޭނެ ގޮތްވެސް ބުނެދޭން ދަތިވާނެ.
އެކަކު ޓްވީޓްކޮށްފައިވެއެވެ.
އޭނާ ބަލިކޮށް އުޅެނީ ކޮންކަމާއި ގުޅިގެން ކަން ސާފެއް ނުވެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ އޮޓޯއިމިއުން ބައްޔެއް ކަމަށްވާ ލުޕަސް ހުރި ކަން ހާމަކޮށްފައެވެ. އަދި 2017 ވަނަ އަހަރު ތެރޭގައި އޭނާ ވަނީ ކިޑްނީ ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ