މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ތަހުގީގު ކުރިއަށްގެންދާ އާރިޔަން ޚާންގެ ކަފާލާތުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ބޮލީވުޑުގެ މަޝްހޫރުތަރި ޝާހްރުކް ޙާންގެ ދަރިފުޅު އާރިއަން، އެންސީބީއިން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި އޮކްޓޯބަރު 3 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ.
އާރިއަން އާއެކު އިތުރު 7 މީހަކު ހައްޔަރުކޮށްފައިވަނީ ކްރޫސްޝިޕެއްގައި ބޭއްވި ޕާޓީއެއްތެރެއިންނެވެ. މި އެންމެންގެ ކަފާލާތުގެ މައްސަ ކޯޓަށް ހުށަހެޅުމުން އެމައްސަލައާމެދު ގޮތެއް ނިންމާފައިވަނީ އިއްޔެއެވެ. ކޯޓުން ނިންމާފައިވަނީ ކަފާލާތުގެ މައްސަލަ ބަލައިނުގަތުމަށެވެ.
މި މައްސަލައާއި ގުޅިގެން ހަދަންޖެހޭ މެޑިކަލް އެގްޒަމިނޭޝްން ހެދުމަށް އާރިއަންވަނީ 4 އޮކްޓޯބަރުވީ ހޯމަ ދުވަހު ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ. އާރިއަންއާއެކު އެމައްސަލާގައި ހައްޔަރުކުރި ބައެއް އެހެން މީހުންވެސް މެޑިކަލް އެގަޒަމިނޭޝަނަށް ޖީޖީ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރުތަށް އިންޑިއާގެ ބައެއް މީޑިއާތަކުން ކަވާކޮށްފައިވެއެވެ.
މެޑިކަލް އެގްޒަމިނޭޝަންގެ އިތުރުން އާރިއަންގެ ފޯނުވެސް ވަނީ ފޮރެންސިކް ޑިޕާރޓްމެންޓާ ތަހުޤީޤު ކުރުމަށްޓަކައި ހަވާލުކުރެވިފައެވެ. ގާންދީ ނަގަރުގައިހުންނަ ލެބޯޓްރީން އާރިއަންގެ ފޯނު ތަހުޤީޤު ކުރަމުންދާއިރު އޭނާގެ ވަޓްސްއަޕް ޗެޓްތަކުން ޑުރަގެ މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ވާހަކަތަށް ހުރިކަމަށް އެންސީބީން ވަނީ ބުނެފައެވެ. އަދި އޭނާގެ ޗެޓް ތަކުގައި ގިނަ އަދަދަކަށް ކޯޑު ބޭނުންކޮށްގެން ވާހަކަދައްކާފައި ވާކަމަށާއި ޑުރަގު ގަތުމަށް ފައިސާ ދައްކާނެ ގޮތަކާބެހޭގޮތުންވެސް ދައްކާފައިވާ ވާހަކަތައްހުރި ކަމަށް އެންސީބީން މައުލޫމާތުދެއެވެ.
މި މައްސަލައިގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮއްފައިވާއިރު ދިއްލީގެ އިވެންޓް މެނޭޖުމެންޓް ކުންފުންޏެއް ކަމަށްވާ ނަމަސްކުރޭ އެކްސްޕީރިއަންސް ޕުރައިވެޓް ލިމިޓެޑުގެ 4 މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލާގައި އާރިއަންގެ ފަރާތުން ބުނެފައި ވަނީ އޭނާ ކްރޫޒަށް ދިޔައީ ލިބުނު ދައުވަތަކަށް ކަމަށާއި، އޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހުށަަހެޅި ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.
އިއްޔެ އަކީ އާރިއަންގެ މަންމަ ގޯރީ ޚާންގެ 51 ވަނަ އުފަން ދުވަސް ނަމަވެސް މިކަންތައްތަކުގެ ސަބަބުން ގޯރީގެ އުފަންދުވަސްވެސް މިއަހަރު ފާހަގައެއް ނުކުރެއެވެ. އަދި ޝާހްރުކް ވެސް ވަނީ އޭނާ މަސައްކަތްކުރަމުންގެންދިޔަ ފިލްމުތަކުގެ މަސައްކަތް މެދުކަނޑާލާފައެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުން ގެންދަނީ މިމައްސަލާގައި އާރިއަން އާއެކު ތިބިކަން ހާމަކޮށް އެއާއިލާއަށް ކުރިމަތިވި ހިތާމާގައި ބައިވެރިވަމުންނެވެ.
One Response
އާރިއަން ހައްޔަރުކުރުމުގައި ބީޖޭޕީގެ ދެއެކްޓިވަސްޓެއް ޙަރަކާތްތެރި ވެފައިވާކަން މީޑިއާ ރިޕޯޓްތަކުން އެނގެންއޮތުމާއި، އެބުނާ ކުރޫޒުލައިނަރަކަށް އާރިއަން ގެންދެވުނީ ދަޢުވަތު ދީގެންކަމަށްވުމާއު، ހައްޔަރުކުރެވިފައިވަނީ ޕާޓިއެއްގެތެރެއިން ނުވަތަ މަސްތުގެ އެއްވެސް ޙަރަކާތެއްގައި ނޫންކަން ވަރަށް ސާފުކޮއް އެތަނުގައިތިބި މީހުންގެ ބަހުންއެނގެ. އެހެންކަމުން މިކަމަކީ މޯދީގެ ޙީލަތްތެރި ދަންތުރައެއްކަން ކަށަވަރު.