އެލްޖީއޭގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަންކުރައްވައިފި

އެލްޖީއޭގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަންކުރައްވައިފި

Author
އަހުމަދު
10 ޖޫން 2026 10:57
0

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަންކުރައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑުގެ ރައީސް ކަނޑައެޅުއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެލްޖީއޭގެ ރައީސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރައްވާފައި މިވަނީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، މި މަހުގެ 8 ވަނަ ދުވަހު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ސަރުކާރުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައިވާ ހަސަން ޒަރީރަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން އެކައުންޓިންގެ ރޮނގުން ފުރަތަމަ ޑިގްރީ އަދި ފައިނޭންސް އިން މާސްޓާސް ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން އޭނާއަކީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އަދި އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ކޮލިފިކޭޝަން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.