ރައީސް ޔާމީނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަންފަށައިފި

ރައީސް ޔާމީނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަންފަށައިފި

Author
މުޙައްމަދު ޖިމީ
04 އޮކްޓޯބަރ 2021 06:37
0

ކުރީގެ ރައީސް ޔާމީން އަވަހާރަ ކޮށްލާނެކަމަށް ބުނެކަމަށް ބުނެ އިންޒާރު ދިން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސް ޔާމީންއާ ގުޅޭގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓް ކުރި އަބްދުލްހަމީދު ކިޔާ މީހަކު ބުނެފައިވަނީ "މަރަން ޖެހޭ މީހެއް ޔާމީން އަކީ" މިހެންނެވެ. މިމައްސލަ އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް މަރުގެ އިންޒާރުދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރުގެ މެއިމަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު، މީސްމީޑިއާގައި ކުރާ މިފަދަ ކޮމެންޓްތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެކަން ފުލުުހުން މީގެ ކުރިން ހާމަކުރިއެވެ.

ދާދިފަހުން ރައީސް ނަޝީދަށްވެސް މަރުގެ އިންޒާރުދީ ހެދި މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ޝަރީއަތްވެސް މިހާރު ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
Yaameenakeemarah jeheemeehekea bunimeehahuree marinuvaafenfuli boegenta
މ މުންޖިޗޭ
ކޮންއިރަކު ކޮށްފައިވާ ކަމެއްކަން އެނގެންއޮތްނަމަ! އެތައް ދުވަހެއްކޮށްފަ ތިކަން ބަލާނަމަ އެއީ ހެކި ނައްތާލަން ފުރުސަތުދީ އެކަން އޮއްބާލަން ކުރާކަމެއްކަމުގައި ބުނުމުގެ ޖާގަ އޮންނާނެ ކަމެއް.