ނޭހާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

ނޭހާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
05 އޮކްޓޯބަރ 2021 08:45
0

ބޮލީވުޑުގެ މަޤްބޫލުތަރި ނޭހާ ދޫޕިއާ، އޭނާގެ ދެވަނަ ދަރިފުޅު ވިހައިފިއެވެ.

ނޭހާ އާއި އަންގަދު ބޭދީގެ ކައިވެންޏަށް ފިރިހެންދަރިއަކު ލިބިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ފޭނުުންނާ މި ޚަބަރު ހިއްސާކުރަމުން އިންސްޓަގުރާމުގައި އަންގަދު ބޭދީ ބުނެފައިވަނީ ދަރިފުޅުވެސް އަދި ނޭހާގެ ހާލުވެސް ރަގަނޅުކަމަށެވެ.

މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު މެހެރު 2018ގައި އުފަންވެފައިވާއިރު ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅާއެކު ނޭހާގެ ކެތްތެރިކަމާއި ހިތްވަރަށް އަންގަދު ވަނީ އޭނާގެ ޕޯސްޓުގައި ނޭހާއަށް ޝުކުރުވެސް އަދާކޮށްފައެވެ.

ދެވަނަ ދަރިފުޅު ލިބުނުކަން ހިއްސާކުރުމަށް އަންގަދު ކުރި ޕޯސްޓުގައި އޭނާވަނީ މާބަނޑު ދުވަސްވަރު ނޭހާއާއިއެކު ނަގާފައިވާ ހިތްގައިމު ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ

 

View this post on Instagram

 

A post shared by ANGAD BEDI (@angadbedi)

ނޭހާ ދޫޕިއާ ދެވަނަ ފަހަރަށް ބަނޑުބޮޑުކަން އޭނާގެ ފޭނުންނަށް މިއަހަރު ޖުލައި މަސްތެރޭގައި ހިއްސާކޮށްފައިވާއިރު މިދެމީހުންގެ ކައިވެންޏަށް މިހާރުވަނީ 3 އަހަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.