ދުންޔާ އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް ވާދަކުރައްވަނީ

ދުންޔާ އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް ވާދަކުރައްވަނީ

Author
ހުސެއިން
03 އޮކްޓޯބަރ 2021 04:55
0

ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާގައި ހޮވާ މަޤާމުތަކުގެ ތެރެއިން އެޕާޓީގެ (މެދު ދެކުނު) ނާއިބް ރައީސްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރިމަތިލުމަށް ނިންމައިފިއެވެ.

އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ޒުވާނުންނާއި އަންހެނުން ގޮފީގެ ރައީސުން ވެސް އެ ޖަލްސާގައި އިންތިހާބުކުރާނެ އެވެ. މި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.

އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވަމުން ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އެމްއެންޕީގެ ނާއިބު ރައީސުންގެ މަގާމްތަކުގައި ތެރެއިން އެންމެ މަގާމެއް އަންހެން ބޭފުޅަކަށް ހަމަޖައްސަވާފައިވާއިރު، ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރައްވާފައިވާތީ ހިތާމަ ކުރައްވާ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ އެމްއެންޕީން އަންހެން ސިޔާސީ މައިދާނަށް ތަޢާރަފް ކުރުމަށް އިތުރަށް މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ:

  •  ރައީސް
  •  6 ނާއިބު ރައީސުން (އޭގެ 1 މަޤާމަކީ އަންހެން މެންބަރަކަށް ޚާއްޞަ މަޤާމު)
  •  އަންހެނުންގެ ވިންގގެ ލީޑަރު
  •  ޒުވާނުންގެ ވިންގގެ ލީޑަރު
  •  އިތުރު 21 ކައުންސިލް މެންބަރުން (އޭގެ ތެރެއިން 7 މަޤާމަކީ އަންހެނުންނަށް ޚާއްޞަ މަޤާމު)

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އެމްއެންޕީން ވަނީ މިއަހަރުގެ ނިޔަލަށް ޕާޓީ އަށް 10،000 މެންބަރުން ހަމަކުރަން އަމާޒެއްް ކަނޑައަޅާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީގެ އިންތިޚާބު ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.