ދަރިފުޅު ބުރަކަށި މަތީ އުފުލި މަންމައަށް ލިޓަސްއިން ސައިކަލަކާއިއެކު ގިނަ އިނާޔަތްތަކެއް

ދަރިފުޅު ބުރަކަށި މަތީ އުފުލި މަންމައަށް ލިޓަސްއިން ސައިކަލަކާއިއެކު ގިނަ އިނާޔަތްތަކެއް

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 11:33
0

ހުޅުމާލޭ ފޭސް ދޭއްގައި، ބަހުގެ ހިދުމތެއް ނެތި ދަރިފުޅު ބުރަކަށި މަތީގައި ސްކޫލަށް ގެންގޮސް ބުރަ އުފުލި މަންމަ (ވަސީމާ މޫސާ) އަށް ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފިއެވެ.

ލިޓަސް އިން ބުނެފައިވަނީ ގިނަ ބައެއްގެ އެހީތެރިކަމާއިއެކީ މި ފަހުން ދައުރުވި ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ) އާއި ގުޅޭނެ ގޮތް މެދުވެރިވެ ހަދިޔާވަނީ ރައްދުކުރެވިފައި ކަމަށެވެ. ހަދިޔާކުރެވުނު ސައިކަލް 2 އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ޚަރަދުވެސް ދިނުމަށް ލިޓަސް އިން ވަނީ ނިމްފާއެވެ.

ގިނަ ބައެއްގެ ސަމާލުކަން މި ވޯޑިއޯއަށް ހުއްޓުނުއިރު، ސަރުކާރުންވަނީ މިހާރު ފޭސް 2 އަށް ބަހުގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ. ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލައެވެ.

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ. މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުއެވެ. އެކަމަކު އެއީ އަމިއްލަ މީހުންނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެއެއްގައި އުޅޭ މަދު އާއިލާތަކެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ވެސް މިހާރު 60 ވަރަކަށް އާއިލާ ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.