ހުރިހާ ބާރެއް ދިނުމުންވެސް، އަސާސީ ޚިދުމަތްވެސް ނުލިބޭ: މަލީހު

ހުރިހާ ބާރެއް ދިނުމުންވެސް، އަސާސީ ޚިދުމަތްވެސް ނުލިބޭ: މަލީހު

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 09:19
0

ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޚިދުމަތައް ކަށަވަރު ނުކޮށްދެވި، ރައްޔިތުން ނިކަމެތިވަމުންދާއިރުވެސް މިކަމުގެ ޒިންމާ ނަގާނެ މީހަކު ނެތްކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަަށް ބަހުގެ ހިދުމަތް އަދިވެސް ފަށާފައިނުވާތީ އަންހެނަކު ކުޑަ ކުއްޖަކު ކޮނޑުގައި ސްކޫލަށް އުފުލާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އާންމުންގެ ބަހުސް ބޮޑުވެ، ވަރަށް ގިނަ ބަޔަކު މި މައްސަލާގައި ކަމާ ބެހޭ ފަރާތްތަކަށް ފާޑު ކިޔަމުންދާ މިދަނޑިވަޅުގައި މަލީހު ވިދާޅުވީ، މަޖިލިސް މެޖޯރިޓީ ދީފިއްޔާ ޤައުމުގައި ހުރި ހުރިހާ މައްސަލައެއް ހައްލުކޮށް ދޭނަމޭ ވަޢުދުވި ބޭފުޅުން މިއަދު ނުފެންނަ ކަމަށެވެ. ހުރިހާ ބާރެއް ދިނުމުންވެސް ވީ އެއްކަމެއްވެސް ނެތްކަމަށާއި، އަސާސީ ޚިދުމަތުންވެސް ދިވެހިން މަހުރޫމް ވެފައިވާކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލިސް މެޖޯރިޓީ ދީފިއްޔާ ޤައުމުގައި ހުރި ހުރިހާ މައްސަލައެއް ހައްލުކޮށް ދޭނަމޭ ވަޢުދުވި ބޭފުޅުން ކޮބާތޯ؟ ރައްޔިތުން ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލު ކުރި އިރު ދެންފުރިހަމަކޮށްދޭން ޖެހޭ އަސާސީ ޚިދުމަތް ފޯރުކޮށް ނުދެވުމުގެ ޒިންމާ ނަންގަވާނެ ބޭފުޅަކު ނެތީތޯ؟ 65 ގޮނޑި މަދީތޯ؟

– މަލީހު ވިދާޅުވިއެވެ.

ފޭސް ދެއަކަށް މިހާތަނަށް ބަހުގެ ހިދުމަތް ފަށާފައިނުވި ނަމަވެސް އެތަނަށް ގާތްގަނޑަކަށް 60 އެއްހާ އާއިލާ މި މަހުގެ ތެރޭގައި ބަދަލުވެ، ދިރިއުޅެމުން އެބަދެއެވެ. އެ ވީޑިއޯ އާންމުވުމާ އެކު ހިޔާ ޔޫނިއަނުން ވަނީ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް ބަހުގެ ހިދުމަތް އަދިވެސް ފަށާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފްްލެޓުތަކުގެ އެތެރޭގެ މަސައްކަތް ނުނިންމާ އެތަން ހަވާލުކުރުމުގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަސާސީ އެއްވެސް ހިދުމަތެއް ލިބެން ނެތުމަކީ ފްލެޓް ލިބުނު ރައްޔިތުންނާ މެދު ސަރުކާރުން އިހުމާލުވުން ކަމަށް އެ ޔޫނިއުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.