ދީނީ މިނިވަންކަމަށް ގޮވާލާ ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތައް ބަލަނީ

ދީނީ މިނިވަންކަމަށް ގޮވާލާ ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތައް ބަލަނީ

Author
މުޙައްމަދު ޖިމީ
29 ސެޕްޓެމްބަރ 2021 04:28
0

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި ދެއްކި ވާހަކަތައް މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތަކާއިއ ެކަން ހިނގި ގޮތް މަޖިލީހުން ބަލަމުންދާކަމަށް ބުނިނަމަވެސް އެކަމުގެ އިތުރު ތަފްސީލް އެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ، ދީނީ މިނިވަންކަން ރާއްޖޭޣައި ދޭންޖެހޭކަމަށެވެ. އެއީ ދީނާއި ޚިލާފް ކަމެއް ނޫންކަމަށް ވިދާޅުވެ ޖާބިރު ވަނީ އިސްލާމް ދީނަށް ކުޑައިމީސްވާ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވަނީ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައްވެސް ވިދާޅުވެ އޭގެ މާނަވެސް ވިދާޅުވެފައެވެ. ނަމަވެސް ރިޔާސަތުން އެކަން ހުއްޓުވާފައެއް ނުވެއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ތަޅުމުގައި އިސްލާމް ދީނާއި ޚިލާފް ނޫން ކޮންމެ ވާހަކައެއް ދެއްކޭނެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ދިވެހިންނަކީ އެކި ގައުމުތަކުން "ބެހިގެން" ރާއްޖެއަށް އައިސް ތިބި "ވަކަރުގޭ ދަރިން"ކަމަށެވެ. ދިވެހިން ކިތަންމެ ރީތިކޮށް ހެދުން އެޅި ނަމަވެސް ދިރިއުޅުން ތަހުޒީބު ކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.