ރޮނާލްޑޯ ކޯވިޑް-19 އިން ރަނގަޅުވެއްޖެ

 ރޮނާލްޑޯ ކޯވިޑް-19 އިން ރަނގަޅުވެއްޖެ

Author
އިބްރާހީމް ސާޢިދު
31 އޮކްޓޯބަރ 2020 08:53
0

އިޓަލީގެ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ޔުވެންޓަސްއިން ވަނީ އެންމެ ފަހުން ކުރި ޓެސްޓުން ރޮނާލްޑޯ ކޯވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ރޮނާލްޑޯގެ އައިސޮލޭޝަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޔުއެފާ ނޭޝަންސް ލީގުގެ ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ކުރިން އަންގާރަ ދުވަހުގެރޭ ކުރި ޓެސްޓުގެ ނަތީޖާވެސް ވަނީ ޕޮޒިޓިވް ކަމަށް ދައްކާފައެވެ.

ރޮނާލްޑޯ ބަލިން ރަނގަޅުވިއިރު، ޔުވެންޓަސްއިން ދެން މެޗެއް ކުޅޭނީ މާދަމާރޭ އިޓާލިއަން ލީގުގައި ރަށުން ބޭރުގައި ސްޕެޒިއާއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.