އައްޑޫ މަގު ހެދުމަށް ބޭނުންވާ ސާމާނު އެސިޓީއަށް ގެންގޮސްފި

އައްޑޫ މަގު ހެދުމަށް ބޭނުންވާ ސާމާނު އެސިޓީއަށް ގެންގޮސްފި

Author
މުޙައްމަދު ޖިމީ
28 ސެޕްޓެމްބަރ 2021 05:58
0

އިންޑިއާގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ ވޭހިކަލްތަކާއި ސާމާނު އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާޢު ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އައްޑޫ މަގު ހެދުމުގެ ބޮޑު މަޝްރޫޢުއަށް ބޭނުންވާ ސާމާން އިންޑިއާގެ އެފްކޯންސް އިން އައްޑުއަށް މިއަދު ގެންގޮސްފައިވާކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މި ޕްރޮޖެކްޓަކަށް 147.1 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓު ދެ އަހަރުތެރޭގައި ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.