ދޮންބިލަތް ހަލީމުގެ މައްޗަށް އަބުރުގެ ދައުވާކުރުމަށް އަކްރަމް ނިންމަވައިފި

ދޮންބިލަތް ހަލީމުގެ މައްޗަށް އަބުރުގެ ދައުވާކުރުމަށް އަކްރަމް ނިންމަވައިފި

Author
މުޙައްމަދު ޖިމީ
25 ސެޕްޓެމްބަރ 2021 04:37
0

ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ދޮގު ތުހުމަތުތަކެއް ކުރެއްވިކަމަށްބުނެ އޭނާގެ މައްޗަށް އަބުރުގެ ދައުވާކުރުމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް  މިނިސްޓަރ އަކްރަމް ކަމާލުއްދީން ނިންމަވައިފިއެވެ. އަކްރަމް ކަމާލުއްދީން ގެންދަވަނީ މިއަދު ކުރިއަށްދާ އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ދާއިރާއަށް ވާދަކުރައްވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދޮންބިލަތް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން މިއިންތިޚާބުގައި ވާދަ ކުރާކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވާއިރު ބަލަންވީ މިމައްސަލަ ބަލަންކެރޭ މީހުން އިންތިޚާބު ކުރުމަށް ކަމަށެވެ. މިކަމުގައި ބައިވެރިވެފައިވާ މާލެ ސިޓީއަށް ކުރިމަތިލާފައިވާ އަކްރަމް ކަމާލުއްދީންފަދަ ބޭފުޅުން ހޮވައިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅޭގޮތުން އަކްރަމް ކަމާލުއްދީން ވިދާޅުވީ އޭނާއާއި ގުޅޭގޮތުން ދޮންބިލަތް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށާއި، މިއީ މިއަދު ކުރިއަށްދާ އިންތިޚާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއްކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އަކުރަމް ވާދަކުރެއްވުމަށް ނިންމެވުމުން އެމްއެމްޕިއާރުސީގެ ޚިޔާނާތުގެ ތުހުމަތާއެކު އެޕާޓިން ފުރަތަމަ ނިންމީ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށެވެ. ނަމަވެސް އަކްރަމްގެ މައްސަލައެއް ނެތްކަމަށް ރިޔާސީ ކޮމިޗަނުން އެންގެވުމުން ފަހުން އޭނައަށް ވާދަކުރެއްވޭގޮތް ވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލަތް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލަން ހިތްވަރުހުރި މެމްބަރުން ހޮވިއްޖެނަމަ، މިމައްސަލަ ކޮޅެއްގައި ޖެހެންދެން މަގުމަތީގައި މުޒާރާކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރާނެކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނުބެލި އެމްޑީޕީއަށާއި، މިސަރުކާރަށް އޮތް އިތުބާރާއިމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. އެމްޑީޕީގެ އާންމު މެމްބަރުންގެ އެންމެ ބޮޑު އެދުމަކީ މިކަން ބަލައި ރައްޔިތުންގެ ފައިސާ ހޯދުންކަމަށްވާއިރު، މިމައްސަލަ އެމްޑީޕީ ނޫންބަޔަކަށް ނުބެލޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

R Rty
Thibunee varahbodu thedheh anniyah dapoatu kursnee ladhuhayaathuge kanfulhehves neh nulafaa jaahilun
ސ ސަންފަ
ޢަންނިއަށް ސަޕޯރޓްކުރާ މީހުންގެ ތެރޭގަ ދޮންބިލެއް ކަހަލަ ލަދު ކުޑަމީހުން ވަރަށް ގިނަވާނެ